ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ދެކޮޅަށް ދައުލަތުން ކުރާ ދައުވާގެ އަޑު އެހުމެއް އަންނަ ހޮނިހިރު ދުވަހަށް ތާވަލުކޮށްފި އެވެ.
އެ އަޑުއެހުމަކީ ވ. އާރަށް ކުއްޔަށް ދިނުމުގައި ރިޝްވަތު ހިފުމާއި މަނީ ލޯންޑަރިން ހިންގި ކަމުގެ ތުހުމަތުގައި އެމަނިކުފާނާއި ދެކޮޅަށް އުފުލާފައިވާ ދައުވާ އެވެ.
މިއަދު އެ ދައުވާގެ އަޑުއެހުމެއް ތާވަލް ކޮށްފައި އޮތުމަށް ފަހު ކެންސަލް ކުރީ ޔާމީން އާލާސްކަންފުޅާއި އުޅުއްވާތީ އެވެ.
ހޮނިހިރު ދުވަހަށް ޝަރީއަތް ތާވަލު ކޮށްފައި މިވަނީ ދައުލަތުން އެކަމަށް އެދިފައި ވަނިކޮށެވެ.
އެ މައްސަލަ އަވަހަށް ބާއްވަން ދައުލަތުން އެދުނީ މިހާރު ކުރިއަށް ދަނީ ދިފާއީ ހެކިންގެ ހެކިބަސް ނެގުމުގެ މަރުހަލާ ކަމަށްވާތީ އާއި އެއް ހެއްކަކު ދައްކާ ވާހަކަ ދެން ތިބި ހެކިންނަށް އެނގުމުން ހެކި އުފެއްދުމުގެ ފުރުސަތު ފަހިވެގެންދާތީ އެވެ. އަދި ދައުލަތުގެ ބައެއް ހެކިންގެ ހެކިބަސް ވެސް ނަގާފައިވަނީ އެއް ދުވަހެއްގައި ކަމަށްވާތީ އެވެ.
އާރަށް ކުއްޔަށް ދިނުމުގައި ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ނަގައި އެ ފައިސާ ލޯންޑާކުރި ކަމުގެ ދައުވާގައި ޔާމީންގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ވ. ފެލިދޫ ދާއިރާގެ ކުރީގެ މެންބަރު ޔޫސުފް ނައީމްގެ މައްޗަށް ވެސް ދައުވާކުރެ އެވެ. މި ދެ ޝަރީއަތް ވެސް ކުރިއަށް ގެންދަނީ އެއްކޮށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް