އިނގިރޭސި ރާނީގެ ހާލުކޮޅު ސީރިއަސްވެ، އާއިލާގެ ބޭފުޅުން ގަނޑުވަރަށް ޖަމާވަނީ

އިނގިރޭސިވިލާތުގެ ރާނީ ކުއީން އެލިޒަބަތް ދޭއްގެ ހާލުކޮޅު ސީރިއަސްވެގެން ފަރުވާ ދެމުންދާ ކަމަށް ރިޕޯޓުތައް ބުނެފި އެވެ. ރާނީ އެލިޒަބަތު މިވަގުތު އޮންނެވީ ސްކޮޓްލެންޑްގައި ހުންނަ ޝާހީ ގަނޑުވަރު ބެލްމޯރަ...

08 Sep 2022 | 16:42

އިނގިރޭސިވިލާތުގެ ރާނީ ކުއީން އެލިޒަބަތް ދޭއްގެ ހާލުކޮޅު ސީރިއަސްވެގެން ފަރުވާ ދެމުންދާ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.

ރާނީ އެލިޒަބަތު މިވަގުތު އޮންނެވީ ސްކޮޓްލެންޑްގައި ހުންނަ ޝާހީ ގަނޑުވަރު ބެލްމޯރަލް ކާސަލްގަ އެވެ. ރާނީގެ ހާލުކޮޅު ސީރިއަސްވުމާއި ގުޅިގެން ޝާހީ އާއިލާގެ ބޭފުޅުން ދަނީ އެ ގަނޑުވަރަށް ޖަމާވަމުންނެވެ.

ޝާހީ ގަނޑުވަރުން ވަނީ އެކަމަނާގެ ސިއްހީ ހާލުކޮޅު ސީރިއަސްކަން ހާމަ ކޮށްފަ އެވެ. އަދި ސިއްހީ ހާލުކޮޅާ މެދު ޑޮކްޓަރުން ކަންބޮޑުވެ، ޑޮކްޓަރުންގެ ބެއްލެވުމުގެ ދަށުގައި އެކަމަނާ ބޭއްވުމަށް ޑޮކްޓަރުން ލަފާ ދީފައިވާކަން ބުނެފައިވެ އެވެ.

އިތުރު ތަފްސީލް ހާމަކޮށްފައި ނުވާއިރު ޝާހީ ގަނޑުވަރުން ދަނީ ރާނީގެ ސިއްހީ ހާޅުކޮޅުގެ މައުލޫމާތު ސިއްރު ކުރަން މަސައްކަތް ކުރަމުންނެވެ. އެކަމަކު ރިޕޯޓުތައް ބުނާގޮތުގައި މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން އެކަމަނާގެ ސިއްހީ ހާލުކޮޅު ގޯސްވެގެން އެކި ފަރު މަތިން ފަރުވާ ހޯއްދަވާފައިވެ އެވެ.

އިނގިރޭސި ސަރުކާރުގެ އެންމެ އިސްވެރިންނާ އެކު، އެކަމަނާ ބާއްވަން ހަމަޖެއްސެވި ބައްދަލުވުން ވެސް މިއަދު ވަނީ ކެންސަލްކޮށްފަ އެވެ. އެކަމަނާ އެންމެ ފަހުން ފެނިވަޑައިގެންނެވީ އިނގިރޭސިވިލާތުގެ އާ ބޮޑުވަޒީރާއި ކުރެއްވި ބައްދަލުވުމުންނެވެ.

އުމުރުފުޅުން96 އަހަރުގެ ރާނީ އެލިޒަބަތުގެ ރަނިކަމަށް މިއަހަރު ވަނީ 70 އަހަރުވެފައިވެ އެވެ. އެލިޒަބަތު ރަސްކަމުގެ ތަޚުތާ ހަވާލުވެ ވަޑައިގަތީ އެކަމަނާގެ ބައްޕާފުޅު އަދި ކިންގް ޖޯޖް 1952 ވަނަ އަހަރު އަވަހާރަވުމުންނެވެ.

އެކަމަނާ އަކީ ދުނިޔޭގައި އެންމެ ދިގު މުއްދަތަކަށް ރަސްކަން ކުރެއްވުމުގެ ޝަރަފް އޮތް ބޭފުޅާ އެވެ.

ރާނީ އަވަހާރަވެއްޖެ ނަމަ، ރަސްކަމުގެ ތަޚުތާ ދެން ހަވާލުވެ ވަޑައިގަންނަވާނީ އެކަމަނާގެ ދަރިކަލުން އަދި އުމުރުފުޅުން 73 އަހަރުގެ ޕްރިންސް ޗާލްސް އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް