މެންބަރުންގެ އަދަދު ލިމިޓު ކުރާ ގާސިމްގެ އިސްލާހަށް ރައީސް ތާއީދު: މިއުވާން

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަދަދު78 ށްވުރެ އިތުރު ނުކުރުމަށް ގާނުނު އަސާސީއަށް ހުށަހަޅާފައިވާ އިސްލާހަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތާއީދު ކުރައްވާ ކަމަށް އެމަނިކުފާނުގެ ތަރުޖަމާނު ...

08 Sep 2022 | 14:43

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަދަދު78 ށްވުރެ އިތުރު ނުކުރުމަށް ގާނުނު އަސާސީއަށް ހުށަހަޅާފައިވާ އިސްލާހަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތާއީދު ކުރައްވާ ކަމަށް އެމަނިކުފާނުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެއްޖެ އެވެ.

މި އިސްލާހު ހުށަހެޅުއްވީ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިއުވާން ވިދާޅުވީ މެމްބަރުންގެ އަދަދަށް ކޮންމެވެެސް ވަރެއްގެ ބަދަލެއް ގެންނަންޖެހޭ ކަމަށް ރައީސް ގަބޫލު ކުރައްވާ ކަމަށެވެ. އެކަމަކު އެއީ 87 ގައި ހިފަހައްޓާނީތޯ ނުވަތަ ވަކި އަދަދަކަށް މެމްބަރުން އިތުރުވުމުން ލިމިޓެއް ކަނޑައަޅުއްވާނީތޯ އަދި ނުނިންމަވާ ކަމަށް މިއުވާން ވިދާޅުވި އެވެ.

މިއުވާން ވިދާޅުވީ ރައީސް މިކަމަށް ގޮތެއް ނިންމަވާނީ ސިޔާސީ ޕާޓީތަކާއި އެކު މަޝްވަރާ ކުރެއްވުމަށް ފަހު ކަމަށެވެ.

މި އިސްލާހު ހުށަހަޅާފައި މިވަނީ ކޮންމެ މަޖިލީސް އިންތިހާބެއްގައި އާބާދީއަށް ބަލައި އިންތިހާބު ކުރަން ޖެހޭ މެމްބަރުންގެ އަދަދު އިތުރު ކުރަމުން ދަނިކޮށެވެ. އެގޮތުން 2009 ގައި 17 ވަނަ މަޖިލިހަށް އިންތިހާބު ކުރީ 77 މެމްބަރުން ނެވެ. އަދި 2014 ގައި 85 މެމްބަރުން އިންތިހާބުކުރި އެވެ.

ގާނޫނުއަސާސީގައި މިހާރު ބުނާ ގޮތުން ކޮންމެ އިދާރީ ދާއިރާއެއްގައި ރަޖިސްޓަރީ ކޮށްފައިވާ އާބާދީގެ ފުރަތަމަ 5،000 މީހަކަށް ނުވަތަ 5،000 މީހުން ހަމަނުވާ ކޮންމެ އިދާރީ ދާއިރާއަކަށް ދެ މެމްބަރުން ތިބެން ޖެހެ އެވެ. އަދި އިދާރީ ދާއިރާއެއްގައި ރަޖިސްޓަރީ ކޮށްފައިވާ އާބާދީ 5،000 އަށް ވުރެ އިތުރުވާ ނަމަ އާބާދީގެ ފުރަތަމަ 5،000 މީހުންނަށް ވުރެ އިތުރުވާ ކޮންމެ 5،000 މީހަކަށް މެމްބަރަކު އިންތިހާބު ކުރަން ޖެހެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް