ރާއްޖޭގައި އިލެކްޓްރިކް ވެހިކަލް ބޭނުންކުރުމާއި ގުޅޭގޮތުން ހިޔާލު ހޯދުމުގެ ސާވޭ އެއް

އަރންސްޓް އެންޑް ޔަނގް އިން ވަނީ ސީޑީއީ ކޮންސަލްޓިންގް، ވަރލްޑް ބޭންކް ގްރޫޕް އަދި މިނިސްޓްރީ އޮފް އެނަވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އާއި ގުޅިގެން އިލެކްޓްރިކް ވެހިކަލް އާއި ބެހޭ...

08 Sep 2022 | 14:38

އަރންސްޓް އެންޑް ޔަނގް އިން ވަނީ ސީޑީއީ ކޮންސަލްޓިންގް، ވަރލްޑް ބޭންކް ގްރޫޕް އަދި މިނިސްޓްރީ އޮފް އެނަވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އާއި ގުޅިގެން އިލެކްޓްރިކް ވެހިކަލް އާއި ބެހޭ ކޮންސިއުމަރ ޕްރިފަރަންސް ސާރވޭއެއް ހުޅުވާލައިފިއެވެ.

މި ސާރވޭގައި ވެހިކަލްގެ މިލްކުވެރިކަމާއި، ވެރިފަރާތް އުޅޭ ތަން، ޖިންސް، ދަތުރު ކުރާ ދުރުމިން، އިލެކްޓްރިކް ވެހިކަލް ގަތުމާއި ޗާޖުކުރުމުގައި އިޚްތިޔާރުކުރާ ކަންކަން އަދި އާންމު ގޮތެއްގައި މައިކްރޯ-މޮބިލިޓީ އާއި މެދު ހޭލުންތެރިކަން އޮތް މިންވަރު ދެނެގަތުމަށް ކުރެވޭ ސުވާލުތައް ހިމެނޭނެއެވެ.

މި ސާރވޭގައި ބައިވެރިވާ ފަރާތްތައް ޖަވާބުދެނީ ކޮން ފަރާތެއްކަން ނޭނގޭގޮތަށެވެ. މިސަރވޭގައި އެއްކުރެވޭ މަޢުލޫމާތުތައް އިލެކްޓްރިކް ވެހިކަލްތަކަށް ބަދަލުވުމަށާއި، ބަދަލުވުމުގައި ދިމާވެދާނެ ދަތިތަކުން އަރައިގަތުމަށާއި، މިކަމުގެ ސަބަބުން ވަކިވަކި ރަށްރަށުގެ ކަރަންޓު ގްރިޑަށް ކުރާނެ އަސަރު ދެނެގަތުމަށް އަދި މިކަންތައްތައް ފަހިކޮށްދިނުމަށް އެކްޝަން ޕްލޭން އެއް ހެދުމަށް ބޭނުންކުރެވޭނެކަމުގައި ބުނެފައިވެއެވެ.

ތިރީގައިވާ ލިންކް ބޭނުން ކޮށްގެން މި ސާރވޭގައި ބައިވެރިވެލެވޭނެއެވެ.

ދިވެހި ބަހުން ސާރވޭ ފުރިހަމަ ކުރަން ބޭނުން ނަމަ: https://forms.gle/xL64GmJkfmux8S1V6

އިނގިރޭސި ބަހުން ސާރވޭ ފުރިހަމަ ކުރަން ބޭނުން ނަމަ:  https://forms.gle/ob5K31BYDzgdhWoUA

ތިރީގައިވާ ކިއު.އާރް ކޯޑް ސްކޭން ކޮށްގެން ވެސް ސާރވޭ ފުރިހަމަ ކުރެވޭނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް