އަހަރެން ހިތްހަމަޖައްސައިދޭން ވިކީ ހުއްޓުމެއްނެތި 45 މިނެޓު ނެށި: ކެޓް

ކެޓްރީނާ ކައިފް އުފާކޮށްދިނުމަށްޓަކައި އޭނާގެ ފިރިމީހާ ވިކީ ކޯޝަލް ހުއްޓުމެއްނެތި 45 މިނެޓު އޭނާއަށް ނަށައިދިންކަމުގައި ކެޓްރީނާ ކައިފް ބުނެފިއެވެ. ކެޓް މިހެން ބުނެފައިވަނީ ކޮފީ ވިތު ކަރަންގައި ވާހަކަ...

08 Sep 2022 | 11:11

ކެޓްރީނާ ކައިފް އުފާކޮށްދިނުމަށްޓަކައި އޭނާގެ ފިރިމީހާ ވިކީ ކޯޝަލް ހުއްޓުމެއްނެތި 45 މިނެޓު އޭނާއަށް ނަށައިދިންކަމުގައި ކެޓްރީނާ ކައިފް ބުނެފިއެވެ.

ކެޓް މިހެން ބުނެފައިވަނީ ކޮފީ ވިތު ކަރަންގައި ވާހަކަ ދައްކަމުންނެވެ.

ކަރަން ކުރި ސުވާލަކަށް ޖަވާބުދެމުން ކެޓް ބުނީ ކެޓްގެ އެންމެ ފަހުގެ އުފަންދުވަހު އުޅުނީ ކުޑަކޮށް ބަލިވެ ކަމަށާއި ނަމަވެސް އެ ދުވަހު ވިކީ އޭނާ ހިތްހަމަޖައްސައިދިނުމަށް 45 މިނެޓުގެ ކޮންސެޓެއް ދިން ކަމަށެވެ.

އެ ކޮންސެޓްގައި ކެޓް އެކްޓްކޮށްފައިވާ ގިނަ ލަވަތަކަށް ވިކީ ނަށާދިންކަމަށް ކެޓް ބުނެފައިވެއެވެ.

ކެޓްގެ އުފަންދުވަހަކީ 16 ޖުލައި 1983 އެވެ. މިހާރު އުމުރުން 39 އަހަރު ގުނަމުން އަންނަ ކެޓްގެ އެންމެ ފަހުގެ އުފަންދުވަސް ފާހަގަކޮށްފައިވަނީ ރާއްޖޭގައެވެ. ކެޓް އާއި ވިކީ ކައިވެނީގެ ގޮތުން 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް