ތުޅާދޫ ސްކޫލާއި ވ. އަތޮޅު މަދަރުސާގައި މަލްޓީ ޕާޕާސް ހޯލެއް އިމާރާތް ކުރުމަށް ކުންފުނިތަކަކާއި ހަވާލުކޮށްފި އެވެ.
މީގެ ތެރެއިން ތުޅާދޫ ސްކޫލް ހޯލް އިމާރާތް ކުރަން ހަވާލު ކުރީ ބަދަހި އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑާއި އެވެ. ވ. އތަޮޅު މަދަރުސާގެ މަސައްކަތް ހަވާލު ކުރީ ކޭ އެންޑް އެފް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑާއި އެވެ.
ވ. އަތޮޅު މަދަރުސާގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން ސޮއި ކުރެއްވީ ސީނިއަރ ޕޮލިސީ ޑިރެކްޓަރ މޫސާ ނަޢީމެވެ. ކޭ އެންޑް އެފް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިންގް ޑިރެކްޓަރ މުހައްމަދު ކުޝްރުވާން އަހުމަދެވެ.
ތުޅާދޫ ސްކޫލްގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން ސޮއި ކުރެއްވީ ސީނިއަރ ޕޮލިސީ ޑިރެކްޓަރ ނައުޝާދު އިބްރާހިމެވެ. ބަދަހި އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖާރ ޝިއުސް ފަރީދެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ ތުޅާދޫ ސްކޫލްގައި ހޯލް އަޅަން ބަދަހި އާއި ހަވާލު ކުރީ12.4 މިލިއަން ރުފިޔާއަށް ކަމަށެވެ. މި މަސައްކަތަކީ ޕީއެސްއައިޕީ ބަޖެޓުގެ ތެރެއިން ކުރިޔަށް ގެންދާ މަޝްރޫއު އެކެވެ.
ވ. އަތޮޅު މަދަރުސާ ހޯލް އަޅަނީ9.9 މިލިއަން ރުފިޔާ ހަރަދުކޮށްގެންނެވެ. މިވެސް މިދިޔަ އަހަރުގެ ޕީއެސްއައިޕީ ބަޖެޓުން ކުރިޔަށް ގެންދާ މަޝްރޫއު އެކެވެ.
މި ދެ މަސައްކަތްވެސް ނިންމަން ޖެހެނީ އަހަރެއް ތެރޭގައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް