ކުޅުދުއްފުށި ސިޓީއާއި އައްޑޫ ސިޓީގައި އާސަންދަ ޑެސްކް ގާއިމްކޮށްފި

ކުޅުދުއްފުށި ސިޓީއާއި އައްޑޫ ސިޓީގައި އާސަންދަ ޑެސްކު ގާއިމްކޮށްފައިވާކަން ސަރުކާރުން ހާމަކޮށްފިއެވެ. މިކަން ސަރުކާރުން ހާމަކުރީ، ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު މީޑިއާއާއި ބައްދަލުކުރަ...

08 Sep 2022 | 10:41

ކުޅުދުއްފުށި ސިޓީއާއި އައްޑޫ ސިޓީގައި އާސަންދަ ޑެސްކު ގާއިމްކޮށްފައިވާކަން ސަރުކާރުން ހާމަކޮށްފިއެވެ.

މިކަން ސަރުކާރުން ހާމަކުރީ، ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު މީޑިއާއާއި ބައްދަލުކުރައްވައި ކުރިއަށްގެންދިޔަ ޕްރެސް ކޮންފަރެންސްގައެވެ.

ނޫސްވެރިންގެ މިއަދުގެ ބައްދަލުވުމުގައި މިއުވާން ވިދާޅުވީ އާސަންދައިގެ ހިދުމަތް ހޯދޭނެ ގޮތެއް ފަހިކޮށްދިނުމަށް ރަށްރަށުގެ ހޮސްޕިޓަލުތަކުންނާއި ކައުންސިލްތަކުން ވަރަށް ގިނައިން އެދޭކަމަށާއި އެކަމަށް ހައްލެއް ހޯދައިދިނުމަކީ ސަރުކާރުން ވެފައިވާ ވައުދެއް ކަމަށެވެ.

ރަށްރަށުގައި މިފަދަ ޑެސްކުތައް ގާއިމްވުމުން ރައްޔިތުންނަށް ލުއިފަސޭހަކަން ލިބިގެންދާނެކަން މިއުވާން ފާހަގަކުރެއްވިއެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް އަދި އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލްގައި މި ހިދުމަތުގެ ޑެސްކު މިހާރު ގާއިމްކޮށްފައިވާއިރު ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި އާސަންދައިގެ ޑެސްކުތައް ގާއިމުކުރުން ކަމުގައި މިއުވާން ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް