މާލޭގައި އިއްޔެ މިނީ ބަހުގެ ހިދުމަތް8،000 އަށްވުރެ ގިނަ މީހުން ހޯދާފައިވާ ކަމަށް އެމްޓީސީސީން ބުނެފި އެވެ.
އެމްޓީސީސީގެ އާރުޓީއެލްއިން މިނީ ބަހުގެ ހިދުމަތް މާލޭގައި ފެށީ މިދިޔަ ހޯމަ ދުވަހު އެވެ. ބަސް ދަތުރުތައް ކުރިޔަށް ގެންދަނީ ކޮންމެ ދުވަހެއްގެ ފަތިހު5:45 ން ރޭގަނޑު12:15 އަށެވެ.
އެ ކުންފުނީގެ ސީސީއޯ އާދަމް އާޒިމް މިއަދު ވިދާޅުވީ މި ދަތުރުތަކަށް ވަރަށް ބޮޑު ތަރުހީބެއް ލިބެމުންދާ ކަމަށެވެ. އެގޮތުން އިއްޔެ އެކަނި މިނީ ބަހުގެ ހިދުމަތް8،024 މީހުން ހޯދި ކަމަށެވެ.
އާޒިމް ވަނީ މި ހިދުމަތަށް ރައްޔިތުން ދެމުންދާ އެއްބާރުލުމަށް ޝުކުރު އަދާ ކުރައްވާފަ އެވެ. އާޒިމް ވިދާޅުވީ މިނީބަހުގައި އެއް ދުވަސް ތެރޭ 10،000 އަށް ވުރެ ގިނަ މީހުން އުފުލުމުގެ ކުޅަދާނަކަން އެމްޓީސީސީގެ އެބައޮތް ކަމަށެވެ.
ބަހުގެ ހިދުމަތް ހޯމަ ދުވަހު ފެށިއިރު، އެ ދުވަހު ދަތުރުކުރީ 2،250 އެވެ. އަންގާރަ ދުވަހު 3200 އެވެ. މި ދަތުރުތަކަކީ ހިލޭ ކޮށްދޭ ދަތުރުތަކެކެވެ.
މާލޭގައި މިނީ ބަހުގެ ހިދުމަތް ދެނީ 16 ބަހާ އެކު އެވެ. ތިން ރޫޓަކުން ދަތުރުކުރާއިރު 40 ތަނަކަށް ބަސް ހުއްޓޭނެ އެވެ.
ފުރަތަމަ ދެ ހަފްތާގައި ބަސް ދަތުރުތައް ހިލޭ ކުރެވޭނެ އެވެ. އޭގެ ފަހުން ހިލޭ ދަތުރު ކުރެވޭނީ ސްކޫލް ޔުނިފޯމްގައި ތިބޭ ދަރިވަރުންނަށާއި އުމުރުން ދުވަސްވީ މީހުންގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް