އައިޝްވާރްޔާ މިހާރު ތަންތަނަށް ދާއިރު މާ ހުތުރުކޮށް ހުންނަ ކަމަށް ބުނެ މަލާމާތް ކުރަނީ!

ބޮލީވުޑްގެ ބަތަލާ އަދި މިސް ވޯލްޑްގެ މަގާމު 1994 ވަނަ އަހަރު ހޯދާފައިވާ އައިޝްވާރްޔާ ރާއީ ބައްޗަން ރަސްމިއްޔާތުތަކާއި ހަފްލާ ތަކަށް ދާއިރު މިހާރު ހުންނަނީ ވަރަށް ހުތުރުކޮށް ކަމަށްބުނެ ފާޑުކިޔަމުން އެބ...

08 Sep 2022 | 10:09

ބޮލީވުޑްގެ ބަތަލާ އަދި މިސް ވޯލްޑްގެ މަގާމު 1994 ވަނަ އަހަރު ހޯދާފައިވާ އައިޝްވާރްޔާ ރާއީ ބައްޗަން ރަސްމިއްޔާތުތަކާއި ހަފްލާ ތަކަށް ދާއިރު މިހާރު ހުންނަނީ ވަރަށް ހުތުރުކޮށް ކަމަށްބުނެ ފާޑުކިޔަމުން އެބަދެ އެވެ.

އުމުރުން48 އަހަރުގެ އައިޝްވާރްޔާ އަކީ އުމުރުން ދުވަސް ވަމުން ދިޔަ ނަމަވެސް އޭނާގެ ރީތިކަން ގެއްލިފައި ނުވާ މީހެއް ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެ އެވެ. އެކަމަކު މި ފަހުން އައިޝްވާރްޔާ ކުރާ މޭކަމާއި ހަށިގަނޑަށް އަންނަމުންދާ ބަދަލުތަކުގެ ސަބަބުން ގިނަ ބައެއްގެ ފާޑުކިޔުން ދަނީ އަމާޒުވަމުންނެވެ.

މިފަހަރު އޭނާއަށް ފާޑުކިޔުން އަމާޒުވީ ކުރިޔަށް އޮތް އައިޝްވާރްޔާގެ ފިލްމު "ޕޮންނިޔިން ސެލްވަން" ގެ ޓްރެއިލާ ލޯންޗު ކުރުމުގެ ރަސްމިއްޔާތަށް ގޮސް ހުރި ގޮތުންނެވެ. އެ ފިލްމަކީ ތަމަޅަ ފިލްމަކަށް ވާތީ މިވަގުތު އައިޝްވާރްޔާ ހުރީ އިންޑިއާގެ ޗެންނާއީގަ އެވެ.

އެ ހަފްލާއަށް ދިޔައިރު އައިޝްވާރްޔާ ހުރި ގޮތުން ވަރަށް ބިރުވެރި ވައްތަރެއް ޖަހާ ކަމަށް ފާޑުކިޔާ މީހުން ބުންޏެވެ. އަދި މިހާރު އެއީ އިރެއްގައި ދުނިޔޭގެ ރީތީގެ ރާނީއަކަށް ހޮވުނު މީހެއް ވައްތަރު ޖަހާތޯ ސުވާލުކޮށްފަވެ އެވެ.

ގިނަ މީހުން ބުނަމުން ދަނީ އައިޝްވާރްޔާ އެހާ ހުތުވައްތަރެއް ޖަހަނީ އަޅާ ހެދުމާއި ކުރާ މޭކަޕުގެ ސަބަބުން ކަމަށެވެ.

މި ފާޑުކިޔުންތަކާއި ގުޅިގެން އޭނާއަށް ވަފާތެރި ސަޕޯޓަރުން ވަނީ އޭނާގެ ދިފާއުގައި ވާހަކަ ދައްކާފައި އެވެ. އެގޮތުން މިހާރު އައިޝްވާރްޔާ އިސްކަން ދެނީ މީހުންނަށް ދައްކަން ރީތިވުމަށް ވުރެ ދަރިފުޅު އަރާދްޔާ ބައްޗަން ބެލުމަށް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް