18 އަހަރުން މަތީ މީހުންނަށް ކޯވިޑް ވެކްސިންގެ ހަތަރު ވަނަ ޑޯޒު ދޭން ފަށައިފި

18 އަހަރުން މަތީގެ މީހުުންނަށް ކޯވިޑް ވެކްސިންގެ ހަތަރު ވަނަ ޑޯޒު ދޭން ފަށައިފި އެވެ. ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ކޯވިޑް ވެކްސިންގެ ހަތަރު ވަނަ ޑޯޒު ދޭނީ ތިން ވަނަ ޑޯޒު ޖެހިތާ ހަ...

08 Sep 2022 | 07:26

18 އަހަރުން މަތީގެ މީހުުންނަށް ކޯވިޑް ވެކްސިންގެ ހަތަރު ވަނަ ޑޯޒު ދޭން ފަށައިފި އެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ކޯވިޑް ވެކްސިންގެ ހަތަރު ވަނަ ޑޯޒު ދޭނީ ތިން ވަނަ ޑޯޒު ޖެހިތާ ހަތަރު މަސްވެފައިވާ މީހުންނަށް ކަމަށެވެ.

މާލެ ސަރަހައްދުގައި ވެކްސިން ދިނުމަށް ހަމަޖެހިފައިވަނީ އެޕޮއިންޓްމެންޓު އުސޫލުންނެވެ، އަތޮޅުތެރޭގައި ވެކްސިން ދޭނެ ގޮތް ހާމަ ކުރނީ އެ ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒަކުންނެވެ.

މާލޭގައި ވެކްސިން ދިނުމަށް ހަމަޖެހިފައިވަނީ ދަރުމަވަންތަ ހޮސްޕިޓަލްގައި މެންދުރު12:00 ން2:00 އަށް، އާދިއްތަ، އަންގާރަ އަދި ބުދަ ދުވަހު އެވެ. ހުޅުމާލޭ ހޮސްޕިޓަލްގައި ވެކްސިން ޖަހައިދޭނީ މެންދުރު1:00 ން3:00 އަށް އާދިއްތަ، އަންގާރަ އަދި ބުރާސްފަތި ދުވަހު އެވެ.

މާލެ ސަރަހައްދުގައި ދެން ވެކްސިން ޖަހައިދޭނީ ދަމަނަވެށިންނެވެ. އެ ތަނުން ވެކްސިން ޖަހައިދޭނީ ސަރުކާރު ބަންދު ދުވަސްތަށް ނޫން ކޮންމެ ދުވަހެއްގައި1:00 ން3:00 އަށެވެ.

މީގެ އިތުރުން12 އަހަރުން މަތީގެ ކުދިންނާއި މީހުންނަށް ކޯވިޑް ވެކްސިންގެ އެހެން ޑޯޒުތައްވެސް ޖެހޭނެ ކަމަށް ބުނެ އެވެ.

އެޗްޕީއޭއިން ވަނީ އެންމެންގެ ރައްކަލަށް ވެކްސިން ޖެހުމަށް އިލްތިމާސް ކޮށްފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް