އަލަމްގިރި މައްސަލައިގާ އިތުރު ތިން މީހަކު ހައްޔަރުކޮށްފި

އަލަމްގިރިއާއެކު އެއް ޖިންސުން ގުޅުންހިންގި މައްސަލައިގާ އިތުރު ތިން މީހަކު ހައްޔަރުކޮށްފިއެވެ. އެއީ ކޮން ތިން މީހެއްކަން ފުލުހުން ބުނެފައެއް ނުވެއެވެ. ނަމަވެސް ބުނެފައިވަނީ ކޯޓ އަމުރެއްގެ ދަށުން ތިން...

08 Sep 2022 | 05:25

އަލަމްގިރިއާއެކު އެއް ޖިންސުން ގުޅުންހިންގި މައްސަލައިގާ އިތުރު ތިން މީހަކު ހައްޔަރުކޮށްފިއެވެ.

އެއީ ކޮން ތިން މީހެއްކަން ފުލުހުން ބުނެފައެއް ނުވެއެވެ.

ނަމަވެސް ބުނެފައިވަނީ ކޯޓ އަމުރެއްގެ ދަށުން ތިން މީހަކު އަންގާރަދުވަހު ހައްޔަރުކޮށްފައިވާކަމަށެވެ.

ހައްޔަރުކޮށްފައިވާ މީހުންގެ ވަނަވަރު ހާމަނުކުރިނަމަވެސް އެމީހުންގެ އުމުރު ހާމަކޮށްފައިވެއެވެ. އެއީ 45 އަހަރުގެ ފިރިހެނަކާއި 47 އަހަރުގެ ފިރިހެނެއްގެ އިތުރުން 49 އަހަރުގެ ފިރިހެނެކެވެ.

މި ތިން މީހުންގެ ބަންދަށްވެސް ކޯޓުން މުއްދަތު ދީފައިވާކަމަށްވެސް ފުލުހުން ބުނެއެވެ. އެއީ 45 އަހަރުގެ މީހާގެ ބަންދަށް ފަސް ދުވަސް، 47 އަހަރުގެ މީހާ އަދި 49 އަހަރުގެ މީހާގެ ބަންދަށް 14 ދުވަހެވެ.

ތަފްސީލް އަންނަނީ...

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް