ރައީސް އޮފީހުން މިއަދު ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަން ހަމަޖައްސައިފި އެވެ.
އެ އޮފީހުން ބުނީ މި ބައްދަލުވުމުގައި ނޫސްވެރިންނާއި ބައްދަލު ކުރައްވާ މައުލޫމާތު ދެއްވާނީ ރައީސްގެ ތަރުޖަމާނު މިއުވާން މުހައްމަދު ކަމަށެވެ.
މިއީ މިއުވާން މި މަގާމާއި ހަވާލުވެވަޑައިގެންނެވި ފަހުން ބާއްވާ ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމެވެ. އޭނާ މަގާމާއި ހަވާލުވީ މިދިޔަ މަހުގެ 24 ވަނަ ދުވަހު އެވެ.
މި ބައްދަލުވުމުގައި މިވަގުތު ރާއްޖޭގައި ހިނގަމުންދާ ކަންކަމާއި ގުޅޭގޮތުން ނޫސްވެރިން ކުރަން ބޭނުންވާ ސުވާލުތައް ކުރުމުގެ ފުރުސަތު ދިނުމަށް ހަމަޖެހިފައިވެ އެވެ. މި ބައްދަލުވުން އޮންނާނީ މިއަދު މެންދުރު 1:00 ގައި ކަމަށް ރައީސް އޮފީހުން މައުލޫމާތުދެ އެވެ.
މި ބައްދަލުވުން ޓީވީ ޗެނަލް ތަކުން ވަގުތުން ދުރަށް ދައްކައި ރައީސް އޮފީހުން ލައިވް ސްޓްރީމް ކުރާނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް