ހއ. ހޯރަފުށީ އެއާޕޯޓް ޖެޓީ ހެދުމުގެ ޢަމަލީ މަސައްކަތް ފަށައިފި އެވެ.
މި މަޝްރޫއު ކުރިޔަށް ގެންދަނީ އެމްޓީސީސީންނެވެ. އެ ކުންފުނިން ބުނީ މަސަައްކަތުގެ އަމަލީ މަސައްކަތް ފެށީ އިއްޔެ ކަމަށެވެ.
މި މަޝްރޫޢުގެ ދަށުން، 18،000 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުންކުރުމަށް ހަމަޖެހިފައިވެ އެވެ. އަދި ޕްރީކާސްޓް އެލް ބްލޮކްސް ބޭނުންކޮށްގެން ޖެޓީ ހެދުމުގެ މަސައްކަތް ކުރާނެ އެވެ.
މީގެ އިތުރުން ޖިއޯބޭގް ރިވެޓްމެންޓެއް ޖެހުމާއި، ނެރު ބައްތި ހަރުކުރުމުގެ މަސައްކަތް ކުރާނެ އެވެ.
މި މަޝްރޫޢަކީ 5.99 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް