ފީނަން ދިޔަ މީހެއްގެ މެޔަށް ހިބަރެއްގެ ތުންގަނޑު ހެރިގެން މަރުވެއްޖެ

ފީނަން ގޮސް އުޅުނު މީހެއްގެ މެޔަށް ހިބަރެއްގެ ތުންގަނޑު ހެރިގެން މަރުވެއްޖެ އެވެ. މިހާދިސާ ހިނގާފައިވަނީ ބ. މާޅޮހުގައި އެވެ. މިހާދިސާގައި މަރުވެފައިވަނީ އުމުރުން 33 އަހަރުގެ ދިވެހި ފިރިހެނެކެވެ. ފުލުހ...

08 Sep 2021 | 14:58

ފީނަން ގޮސް އުޅުނު މީހެއްގެ މެޔަށް ހިބަރެއްގެ ތުންގަނޑު ހެރިގެން މަރުވެއްޖެ އެވެ.

މިހާދިސާ ހިނގާފައިވަނީ ބ. މާޅޮހުގައި އެވެ.

މިހާދިސާގައި މަރުވެފައިވަނީ އުމުރުން 33 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ ރަށުން ފީނަން ގޮސް އުޅެނުކޮށް ހިބަރުގެ ތުންގަނޑު ހެރިފައިވަނީ އެމީހާގެ ހިތާއި ދިމާ މެޔަށް ކަމަށެވެ.

އެމީހާ އޭދަފުށީގައި ހުންނަ ބ. އަތޮޅު ހޮސްޕިޓަލަށް ގެންގޮސްފައިވަނީ ހަވީރު 4:10 ހާއިރު އެވެ. ހޮސްޕިޓަލާއި ހަވާލާދީ ފުލުހުން ބުނީ އެމީހާ މަރުވެފައިވަނީ ފަރުވާ ދެމުން ދަނިކޮށް ކަމަށެވެ.

ހިބަރުގެ ތުންގަނޑު ހެރިގެން މީގެ ކުރީންވެސް ނުރައްކާތެރި ހާދިސާތައް ހިނގާފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް