އަތޮޅު ކައުންސިލް ނައިބު ރައީސުންނަށް މުސާރައިގެ އިތުރުން 1،000 ރުފިޔާ ދޭން ފާސްކޮށްފި

އަތޮޅު ކައުންސިލް ނައިބު ރައީސްގެ މުސާރަ ބޮޑު ކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ. މިކަން މަޖިލީހަށް ހުށަހެޅީ ލޯކަލް ގަވާމަންޓު އޮތޯރިޓީންނެވެ. އެ އޮތޯރިޓީން ފޮނުވި ސިޓީއެއްގައި ހުށަހަޅާފައ...

08 Sep 2021 | 12:04

އަތޮޅު ކައުންސިލް ނައިބު ރައީސްގެ މުސާރަ ބޮޑު ކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

މިކަން މަޖިލީހަށް ހުށަހެޅީ ލޯކަލް ގަވާމަންޓު އޮތޯރިޓީންނެވެ. އެ އޮތޯރިޓީން ފޮނުވި ސިޓީއެއްގައި ހުށަހަޅާފައިވަނީ ނައިބު ރައީސަކަށް އިތުރު 1،000 ރުފިޔާގެ އެލަވަންސްއެއް ދިނުމަށެވެ.

އެލްޖީއޭއިން މަޖިލީހަށް ފޮނުވި ސިޓީގައި ބުނެފައިވަނީ އަތޮޅު ކައުންސިލްގެ ރައީސް ނެތް ޙާލަތުގައި ރައީސްގެ އެންމެހައި މަސްއޫލިއްޔަތުތައް އަދާކުރަން ޖެހެނީ ނައިބު ރައީސްކަމުން، އެހެން މެންބަރުންނާއި ނައިބު ރައީސްގެ މުސާރައާއި ޢިނާޔަތްތަކުގައި ފަރަޤެއް ހުންނަން ޖެހޭނެކަމަށެވެ.

އެ މައްސަލަ ދިރާސާ ކުރުމަށް ފަހު މިއަދު އޮތް ރައްޔިތުންގެ މަޖިލީހުން އަތޮޅު ކައުންސިލްގެ ނައިބު ރައީސުންގެ މުސާރަ ބޮޑު ކުރަން ފާސް ކުރީ 41 މެމްބަރުންގެ ވޯޓުންނެވެ. ދެކޮޅަށް އެއްވެސް މެމްބަރަކު ވޯޓު ދެއްވާފައެއް ނުވެ އެވެ.

މުސާރައަށް މި ގެނައި ބަދަލާއިރު މިހާރު އަތޮޅު ކައުންސިލްތަކުގެ ނައިބު ރައީސުންނަށް 24،000 ރުފިޔާ މުސާރައިގެ ގޮތުގައި ލިބޭނެ އެވެ. އެއީ ރަށު ކައުންސިލްތަކުގެ ރައީސުންގެ މުސާރަ އަކީ 23،000 ރުފިޔާއަށް ވާތީ އެވެ.

އަތޮޅު ކައުންސިލް ނައިބު ރައީސް ކަމަށް ހޮވާފައިވަނީ އެ އަތޮޅެއްގެ ރަށު ކައުންސިލްގެ ރައީސުންގެ ތެރެއިން ބޭފުޅެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް