ސާފް ޗެމްޕިއަންޝިޕަށް އެކުލަވާލި ގައުމީ ފުޓުބޯޅަ ޓީމުގެ ސްކޮޑު އިޢުލާން ކޮށްފި އެވެ.
ދިވެހި ފުޓްބޯޅައިގެ މައި އިދާރާ، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އެކުލަވާލި ގައުމީ ސްކޮޑު 30 ކުޅުންތެރިންނަށް ވަނީ މަދުކޮށްފަ އެވެ.
އަންނަ މަހު ބާއްވާ ސާފް ޗެމްޕިއަންޝިޕަށް އެފްއޭއެމް އިން އެކުލަވާލި ގައުމީ ފުޓުބޯޅަ ސްކޮޑުން މުހައްމަދު އާރިފް (ބަކާ) އާއި މުހައްމަދު އިރުފާނަށް މިފަހަރު ވަނީ ފުރުސަތު ގެއްލިފަ އެވެ. މި ދެކުޅުންތެރިންނަކީ ތަޖްރިބާކާރު ޑިފެންސިވް ދެމިޑްފީލްޑަރުން ނެވެ. ޚާއްސަކޮށް ބަކާ އަކީ ރާއްޖޭގެ ގައުމީ ޓީމު ހޯދާފައިވާ ގިނަ ކާމިޔާބީތަކުގައި ހިއްސާބޮޑު ކުޅުންތެރިއެކެވެ.
އެ ދެ ކުޅުންތެރިންގެ އިތުރުން ކްލަބް އީގަލްސްގެ އިމްރާން ނަޝީދު (އިންމަ) އާއި ގްރީން ސްޓްރީޓްސްގެ މުހައްމަދު ސާއިފް އަދި ޓީސީގެ މުހައްމަދު އަޖްފާނަށް ވަނީ ޓީމުން ޖާގަ ގެއްލިފަ އެވެ.
މީގެތެރެއިން އިންމަ ބާކީ ކުރަން ޖެހުނީ އޭނާ އާއިލީކަމެއްގައި ޓީމާއެކު ދެވެން ނެތްކަމަށް އެންގުމުން ކަމަށް އެފްއޭއެމް އިން ބުނެފައި ވެއެވެ.
ބަކާ އާއި އިރޭ ބާކީ ކުރި ސަބަބެއްކަމަށް ގައުމީ ޓީމާއި ވަގުތީ ގޮތުން ހަވާލުވެ ހުންނެވި ކޯޗް އަލީ ސުޒައިން މީޑިއާ ތަކަށް ބުނެފައިވަނީ ބާކީ ކުރި ކުޅުންތެރިން ބާކީކޮށްފައިވަނީ މިހާރުގެ ކުޅުމަށް ބަލައި ކޯޗިންގ ސްޓާފުން އެގޮތަށް އެކަން ނިންމުމުން ކަމަށެވެ.
އޭއެފްސީ ކަޕަށް ތައްޔާރުވުމަށް ނެގި ސްކޮޑު:
މާޒިޔާ: ހުސެން ޝަރީފް، މޫސާ ޔާމިން، އިބްރާހިމް މަހުދީ، ހަމްޒާ މުހައްމަދު، މުހައްމަދު އުމެއިރު، އިބްރާހިމް އައިސަމް، ސަމޫހް އަލީ، ހުސައިން ނިހާން، ނާއިޒް ހަސަން، އަސަދުﷲ އަބްދުﷲ، އިބްރާހިމް ވަހީދު ހަސަން އަދި އަހްމަދު އަބްދުﷲ.
ކްލަބް އީގަލްސް: ހަސަން ރާއިފް، ހައިޝަމް ހަސަން، ހުސައިން ޝިފާއު، މުހައްމަދު ނާއިމް، އަސްހަދު އަލީ އަދި އަހްމަދު ނޫމާން.
ކްލަބް ވެލެންސިއާ: އަލީ އަޝްފާގް، މުހައްމަދު ފައިސަލް އަކްރަމް އަބްދުލްޣަނީ، އަލީ ފާސިރު އަދި މުހައްމަދު ޝަފީއު
ޔުނައިޓެޑް ވިކްޓްރީ (ޔޫވީ): އިސްމާއިލް އީސަ (މެސީ)، އަލީ ނަޖާހް އަދި އަލީ ހައިޝަމް
ގްރީން ސްޓްރީޓްގެ ހަސަން ނަޒީމް އާއި ޓީސީގެ އަލީ ޝާމިސް އަދި ދަ ގްރާންޑޭގެ ޔަސްފާދު ހަބީބް އާއި ގާސިމް ސައްމާމު ވަނީ ގައުމީ ސްކޮޑަށް ނެގި 30 ކުޅުންތެރިންގެ ސްކޮޑުން ޖާގަ ހޯދާފަ އެވެ.
ސާފް ޗެމްޕިއަން ޝިޕަށް ތައްޔާރު ވުމުގެގޮތުން މިސްކޮޑް ހުކުރު ދުވަހު ގަރަތަށް ފުރުމަށް ހަމަޖެހިފައިވާއިރު، ޓްރެއިނިންގ ނިންމާލުމަށްފަހު އެނބުރި ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ މިމަހުގެ 28 ވަނަ ދުވަހު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް