ޔޫކޭ ފުލުހުންނާ ގުޅިގެން އަލީ ވަހީދު ރާއްޖެ ގެންނަނީ

ޔޫކޭ ފުލުހުންނާ ގުޅިގެން އަލީ ވަހީދު ރާއްޖެ ގެނައުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މަސައްކަތް ފަށައިފިއެވެ. ވިސާގެ މައްސަލައިގައި ޔޫކޭގެ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަތާ 12 ދުވަސް ފަހުން ފުލުހުނ...

08 Sep 2021 | 11:01

ޔޫކޭ ފުލުހުންނާ ގުޅިގެން އަލީ ވަހީދު ރާއްޖެ ގެނައުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މަސައްކަތް ފަށައިފިއެވެ.

ވިސާގެ މައްސަލައިގައި ޔޫކޭގެ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަތާ 12 ދުވަސް ފަހުން ފުލުހުން ބުނެފައިވަނީ ކުރީގެ ޓޫރިޒަމް މިނިސްޓަރ ޢަލީ ވަޙީދު އިމިގްރޭޝަން ކުށްތަކެއްގައި އިނގިރޭސިވިލާތުގައި ހައްޔަރުކޮށްފައި ހުރިކަން އެގައުމުގެ ފުލުހުންނާ ހަވާލާދީ ދިވެހި ފުލުހުންގެ ޚިދުމަތަށް ރަސްމީކޮށް މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަލީ ވަހީދު ހައްޔަރު ކުރީ މިދިޔަ މަހުގެ 25 ވަނަ ދުވަހު ރާއްޖޭގެ ނޫސްވެރިންނާ ބައްދަލުކުރައްވަން ތައްޔާރުވެވަޑައިގެން އިންނަވަނިކޮށެވެ. ހައްޔަރު ކުރީ ވިސާ އޯވަރ ސްޓޭވެގެން ކަމުގެ މައުލޫމާތު ލިބެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މީޑިއާ އަށް ވިދާޅުވީ އަލީ ވަހީދުގެ މައްޗަށް ސުޕްރީމް ކޯޓުން ކޮށްފައިވާ ހުކުމް ތަންފީޒު ކުރުމަށް ރާއްޖެ ގެނައުމަށްޓަކައި އިންޓަރޕޯލް މެދުވެރިކޮށް ކުރަން ޖެހޭ ކަންކަން ކުރަމުންދާ ކަމަށެވެ. އަދި ފުލުހުންގެ ފަރާތުން ޕޮލިސް ޓު ޕޮލިސް ކޯޕަރޭޝަން މެދުވެރިކޮށް ވެސް އިތުރަށް މި މަސައްކަތް ކުރަމުންދާ ކަމަށެވެ.

އަލީ ވަހީދު ގެނައުމަށްޓަކައި އިންޓަރޕޯލްގައި އެދުމަށް ފުލުހުން ވަނީ ތައްޔާރުވެފައެވެ.

ނަމަވެސް އިންޓަރޕޯލްގައި އެދޭނެ ވަކި ތާރީޚެއް އަދި ހާމަ ނުވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް