ރައީސް ށ. ދަތުރުފުޅު ނިންމަލާލެއްވުމަށް ފަހު ރ. ވާދޫއަށް ވަޑައިގެންފި

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރ. ވާދޫއަށް ވަޑައިގެންފި އެވެ. އެ ރަށަށް ރައީސް ވަޑައިގެންފަ މިވަނީ ށ. އަތޮޅާއި ރ. އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅުގ...

08 Sep 2021 | 10:58

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރ. ވާދޫއަށް ވަޑައިގެންފި އެވެ.

އެ ރަށަށް ރައީސް ވަޑައިގެންފަ މިވަނީ ށ. އަތޮޅާއި ރ. އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅުގެ ފުރަތަމަ މަންޒިލުގެ ގޮތުގައި އެވެ. އެ ރަށަށް ވަޑައިގެން ރައީސް ވަނީ ވާދޫ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެމްބަރުންނާއި ބައްދަލު ކުރައްވާފަ އެވެ.

އަދި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހުމަދު ވަނީ ވާދޫ ސްކޫލަށް ޒިޔާރަތް ކުރައްވާ މެނޭޖްމެންޓާއި ބައްދަލު ކުރައްވާފަ އެވެ. މީގެ އިތުރުން ދަރިވަރުންނާއިވެސް މެޑަމް ފަޒްނާ ބައްދަލު ކުރައްވާފައިވެ އެވެ.

https://twitter.com/presidencymv/status/1435554166579994632

https://twitter.com/presidencymv/status/1435555791595995138

ރައީސްގެ މި ދަތުރުފުޅުގައި ދެން ވަޑައިގެންނަވާނީ، އެ އަތޮޅު އަލިފުށި، ރަސްގެތީމު އަދި އަނގޮޅިތީމަށެވެ. ށ. އަތޮޅުން ރައީސް ވަޑައިގެންނެވީ ފުނަދޫ، ޅައިމަގު، ފޯކައިދޫ އަދި މާއުނގޫދޫއަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް