އަލިފުށީގައި އެއާޕޯޓެއް އަޅާތީ މެމްބަރު މީކާއިލްގެ ކަންބޮޑުން

ރ.އަލިފުށީގައި އެޅުމަށް ސަރުކާރުން ނިންމާފައިވުމުން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަޙްމަދު ނަސީމް ކަންބޮޑުވުން ފާޅު ކުރައްވައިފިއެވެ. މީކާއިލް ކަންބޮޑުުން ފާޅުކުރެއްވީ އެއީ ބަޖެޓުގެ ބޭރުން ...

08 Sep 2021 | 10:40

ރ.އަލިފުށީގައި އެޅުމަށް ސަރުކާރުން ނިންމާފައިވުމުން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަޙްމަދު ނަސީމް ކަންބޮޑުވުން ފާޅު ކުރައްވައިފިއެވެ. މީކާއިލް ކަންބޮޑުުން ފާޅުކުރެއްވީ އެއީ ބަޖެޓުގެ ބޭރުން ކުރިއަށް ގެންދަން ނިންމި މަޝްރޫއަކަށް ވާތީ ހުރި ގެއްލުން ބޮޑުވުމުންނެވެ.

"ވެށިފަހި މާލެ" ޕްރޮގްރާމް ފަދަ މާލޭގެ މާލޭ ރައްޔިތުންގެ ބޯހިޔާވަހިކަން ފޯރުކޮށް ދިނުމަށް ޕްލޭންކޮށްފައިވާ މަޝްރޫއުތައް ކުރިޔަށް ނުގޮސް ލަސްވާތީ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު ހުށަހެޅުއްވި މައްސަލައަށް ބަހުސްކުރައްވައި ވާހަކަފުޅުދައްކަވަމުން މީކާއިލް ވިދާޅުވީ، ބަޖެޓްގައި ނުވެސް ނެތް ޕްރޮޖެކްޓެއް ފެނުނީ ނޫސްތަކުގެ ހެޑްލައިނުން ކަމަށެވެ. އަދި މާލޭގެ ރައްޔިތުން ކުދިކުދި ގޮޅިތަކުގައި ބޯހިޔާވެހިކަމެއް ނެތި އެތައް އަހަރެއް ތަހައްމަލް ކުރަމުންދާއިރު، އެވަރުގެ ބޮޑު ޕްރޮޖެކްޓެއް އިއުލާން ކުރުމުން އެ ބޭފުޅުން ރައްޔިތުންނަށް ދައްކަވާނެ މޫނެއް ނެތް ކަމަށްވެސް މީކާއިލް ވިދާޅުވިއެވެ

އޭނާ ވިދާޅުވި ގޮތުގައި ގައުމެއްގެ ހައިސިއްޔަތުން ރާއްޖޭގައި ވެސް މަޝްރޫއުތައް ހިންގަން އިސްކަންދޭ ތަރުތީބެއް އޮންނަންޖެހޭ ކަމަށެވެ.

އެކަމަކު އެހާ ނިކަމެތި ހާލުގައި މާލޭގެ އެތަކެއް ރައްޔިތުންތަކެއް ދިރިއުޅެމުން ދަނިކޮށް، ކުއްލިއަކަށް އަޑުއިވިގެންދިޔައީ 451 މިލިއަން ރުފިޔާއަށް މިހާރު ވެސް އެއާޕޯޓެއް އޮތް ރ. އަތޮޅުގައި އަނެއްކާވެސް އިތުރު އެއާޕޯޓެއް އަޅާ ވާހަކަ ކަމަށް މީކާއީލް ވިދާޅުވި އެވެ.

"އަޅުގަނޑު ޖަވާބު ދާރީވާން ޖެހޭ. ގަލޮޅު ދާއިރާގެ ރައްޔިތުން ދައްކާ ޓެކްސް ފައިސާއިން ރާ އަތޮޅުގައި އިފުރު ކިޔާ އެއަރޕޯޓެއް އޮއްވާ، 15 މިނެޓް އިން ދެވޭ އެއަރޕޯޓެއް އޮއްވާ، 451 މިލިޔަން ރުފިޔާގެ އެއަރޕޯޓެއް އަޅާތީ ކޮން ޖަވާބެއްތޯ ދެވޭނީ" މީކާއިލް ވިދާޅުވިއެވެ.

މީކާއިލްގެ އިތުރަށް ވިދާޅުވީ، އެމަނިކުފާނުގެ އުންމީދަކީ މިދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި އިއްވި އަޑު އިވި، މާލޭގެ ރައްޔިތުންނަށް ވެފައިވާ ބޯހިޔާވެހި ކަމުގެ ވަޢުދު ފުއްދުން ކަމަށެވެ.

މެމްބަރު ވިދާޅުވީ އުންމީދަކީ ވެށިފަހި މަޝްރޫއު ފެށި މާލޭގެ ރައްޔިތުންނަށް ކޮންމެވެސް މިންވަރެއްގެ ތަސައްލީއެއް ލިބުން ކަމަށެވެ. އަދި މާލޭގެ ރައްޔިތުން އެންމެ ފަހުގެ އިންތިޚާބުގައި އެ އިއްވި އަޑު ސަރުކާރަށް އިވުން ކަމަށް ވެސް މީކާއިލް ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް