ފިޔަވަތީގައި ވީކަމެއް ނޭނގުނު، ކުދިންތަކަކަށް އަނިޔާކުރި ކަމަށް ބުނާ ވާހަކަ ދޮގުކޮށްފި

ދައުލަތުގެ ބެލުމުގެ ދަށުން ކުޑަކުދިން ބަލަހައްޓާ ހުޅުމާލޭ ފިޔަވަތީގައި ކުދިންތަކަކަށް އަނިޔާ ކުރި ކަމަށް ބުނާ ވާހަކަ ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސާވިސް އިން މިއަދު ދޮގުކޮށްފި އެވެ. ރޭ ސޯޝަލް މ...

08 Sep 2021 | 08:31

ދައުލަތުގެ ބެލުމުގެ ދަށުން ކުޑަކުދިން ބަލަހައްޓާ ހުޅުމާލޭ ފިޔަވަތީގައި ކުދިންތަކަކަށް އަނިޔާ ކުރި ކަމަށް ބުނާ ވާހަކަ ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސާވިސް އިން މިއަދު ދޮގުކޮށްފި އެވެ.

ރޭ ސޯޝަލް މީޑިއާގައި އާންމުވި ކުރު ވީޑިއޯއެއްގައި ފެންނަނީ މަދު ބަޔަކު ފިޔަވަތީ ބޭރުގައި ތިބޭތަނެވެ. އެމީހުން ދައްކާ ވާހަކައިން ފިޔަވަތީ ތެރޭގައި ހުރި ކުއްޖަކު "އަނިޔާކުރަނީ" އޭ ބުނާ އަޑު އިވެ އެވެ. އެކަކު އެތަނުގެ ތެރޭގައި ވާގޮތެއް ފާރުމަތިން ބަލަން ހުރުމަށް ފަހު، "މި ދޮރު އަވަހަށް ހުޅުވާ" ށޭ ބުނާ އަޑު ވެސް އިވެ އެވެ.

މިކަމާއި ގުޅިގެން މިއަދު ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސާވިސްއިން ނެރުނު ބަޔާނެއްގައި ބުނީ ދައުލަތުގެ ބެލުމުގެ ދަށުގައިވާ ކުދިންނަކީ އެކި ބާވަތްތަކުގެ އަނިޔާ ލިބި އެ ކަންކަމުގެ އަސަރު މުޅި ދިރިއުޅުމަށް ދެމިގެންދާ ފަދަ ކަންކަން ތަހައްމަލްކުރާ ކުދިން ކަމަށެވެ. އަދި އެ ކަންކަމަކީ ކުއްޖާގެ ނަފްސާނީ ސިއްހަތާ ގުޅިފައިވާ ކަންކަމަށްވާތީ އެ އިހުސާސްތައް އެކި ގޮތްގޮތަށް ބުނެދިނުމަށް މަސައްކަތް ކުރާ ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.

އަދި މި ހިނގާދިޔަ ހާދިސާގެ މައުލޫމާތު ލިބުމާ އެކު މި ސާވިސް އިން ވަނީ ވަގުތުން އެޓެންޑް ކުރަން ފަށާފަ ކަމަށް ބުނެފަވެ އެވެ. މީގެ އިތުރުން މިހާދިސާގައި އެއްވެސް ކުއްޖަކަށް އަނިޔާއެއް ލިބިފައިނުވާކަން ކަށަވަރުކޮށްދޭ ކަމަށް ބުންޏެވެ.

އެކަމަކު ރޭ ހިނގީ ކޮން ހާދިސާއެއް ކަމެއް ބުނެފައެއް ނުވެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ފިޔަވަތީގެ ކުދިންނަށް އެތަނުގެ މުވައްޒަފުން އަނިޔާކުރި ކަމުގެ މައުލޫމާތެއް ލިބިފައި ނެތް ކަމަށް ފުލުހުން ބުންޏެވެ.

ފިޔަވަތީ ފާރުމައްޗަށް ބަޔަކު އަރައިގެން އުޅޭކަމުގެ މައުލޫމާތު ރޭ ފުލުހުންނަށް ލިބިގެން އެ ސަރަހައްދަށް ދިޔަ ކަމަށެވެ. އެކަމަކު ފުލުހުން ދިޔައިރު އެތަނުގައި އެއްވެސް މީހަކު ނެތް ކަމަށް ވެސް ފުލުހުން ބުންޏެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް