ދިރާގު އޭޑީއެސްއެލް ކަނެކްޝަންތައް ދިރާގު ހައި ސްޕީޑް ފައިބަރ ޚިދުމަތަށް ބަދަލު ކޮށްލުން މުޅިން ހިލޭ

ދިރާގުން އެ ކުންފުނީގެ އޭ. ޑީ. އެސް. އެލް ޚިދުމަތް ގެންގުޅުއްވާ ކަސްޓަމަރުންނަށް އޮކްޓޯބަރ 2021 ގެ ނިޔަލަށް ހިލޭ ދިރާގު ހައިސްޕީޑް ފައިބަރ ބްރޯޑްބޭންޑް ޚިދުމަތައް ބަދަލު ކުރުމަށް ޚާއްސަ ޕްރޮމޯޝަނެއް ފ...

08 Sep 2021 | 08:06

ދިރާގުން އެ ކުންފުނީގެ އޭ. ޑީ. އެސް. އެލް ޚިދުމަތް ގެންގުޅުއްވާ ކަސްޓަމަރުންނަށް އޮކްޓޯބަރ 2021 ގެ ނިޔަލަށް ހިލޭ ދިރާގު ހައިސްޕީޑް ފައިބަރ ބްރޯޑްބޭންޑް ޚިދުމަތައް ބަދަލު ކުރުމަށް ޚާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.

މިއީ އެޑީއެސްއެލް ޚިދުމަތް ގެންގުޅުއްވާ ކަސްޓަމަރުންނަށް ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ ހަލުވި ފައިބަރ ނެޓްވޯކާ ހިލޭ ގުޅައިލެވުމަށް ލިބޭ ރަނުގެ ފުރުސަތެކެވެ.

އެގޮތުން މި ޕްރޮމޯޝަނުގެ ދަށުން ހިލޭ ފައިބަރ ގުޅައިދިނުމުގެ އިތުރުން ފައިބަރ އަށް ބޭނުންވާ ޚާއްސަ ރައުޓަރ ނުވަތަ އޯ.އެން.ޓީ ވެސެ ހިލޭ ލިބިގެންދާނެ އެވެ.

އޭ. ޑީ. އެސް. އެލް ކަސްޓަމަރުން ފަސޭހަކަމާއެކު ފައިބަރ އަށް އަޕްގްރޭޑް ކޮށްލުމަށް ދިރާގު ވެބްސައިޓުގައިވާ މައިއެކައުންޓް www.dhiraagu.com.mv/ocs  މެދުވެރިކޮށް ފަސޭހަކަމާއެކު ކޮށްލެވޭނެ އެވެ.

ދިރާގު ފައިބަރ ބްރޯޑްބޭންޑް ޚިދުމަތަކީ ރާއްޖޭގައި މިހާރު ފޯރުކޮށްދެމުންދާ އެންމެ ގިނަ އެލަވަންސް އަދި އެންމެ ގިނަ، އެންމެ މަތީ ސްޕީޑްގެ ޕެކޭޖްތައް ހިމެނޭ ޚިދުމަތެވެ. އަދި ދިރާގު ފައިބަރ ބްރޯޑްބޭންޑް ނެޓްވޯކަކީ ރާއްޖޭގެ އެންމެ ބޮޑު ފައިބަރ ނެޓްވޯކް ވެސް މެއެވެ.

އެގޮތުން ރާއްޖޭގެ ގޭބިސީގެ %80 މިހާރު މި ޚިދުމަތް ދިރާގުން ވަނީ ފޯރުކޮށްދީފަ އެވެ. މީގެ ތެރޭގައި 64 ރަށް މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކުން ހިމެނެ އެވެ.

ދިރާގުގެ މަޤްސަދަކީ ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ދިރިއުޅުމަށް ފާގަތިކަމާއި ތަނަވަސްކަން ގެނެސްދީ، އިތުބާރާއި ޔަޤީންކަމާއެކު މުޅި ރާއްޖޭގެ އެންމެނަށް ދިރާގުން ފޯރުކޮށްދޭ ޚިދުމަތްތައް ފޯރުކޮށްދިނުމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް