ބޮލީވުޑްގެ ތަރި އަކްޝޭ ކުމާރުގެ މަންމަ މަރުވެއްޖެ އެވެ.
އުމުރުން 80 ވަރަކަށް އަހަރުވެފައިވާ އަނޫރާ ބާތިއާ މަރުވީ މިއަދު ހެނދުނުގެ ވަގުތެއްގައި އިންޑިއާގެ މުމްބާއީގެ ހީރާނަންދަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށެވެ. ރިޕޯޓުތައް ބުނާގޮތުގައި އަކްޝޭ މަންމަގެ ހާލު ސީރިއަސްވެގެން ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ދެމުންދާތާ ހަފްތާއެއްހާ ދުވަސް ވެއްޖެ އެވެ.
އޭނާ މަރުވީ މުސްކުޅި ބަލީގައި އެވެ.
އަކްޝޭ އާއި އޭނާގެ މަންމަ އަކީ ވަރަށް ގާތް ގުޅުމެއް އަބަދުވެސް ބާއްވާ ދެމައިން ކަމަށެވެ އެވެ. މަންމަގެ ހާލު ސީރިއަސްވެ ހޮސްޕިޓަލްގައި އެޑްމިޓް ކުރުމާއި އެކު އަކްޝޭވަނީ އިނގިރޭސިވިލާތުގައި ކުރަމުންދިޔަ ފިލްމީ މަސައްކަތްތައް ވަގުތުން ހުއްޓާލައި އެނބުރި މުމްބާއީއަށް ގޮސްފަ އެވެ.
އޭނާ އިނގިރޭސިވިލާތުގައި ކުރިޔަށް ގެންދިޔައީ "ފިލްމު "ސިންދްރެއްލާ" ގެ ޝޫޓިންއެވެ. އަދި މަންމަގެ ބަލި ހާލަތު ރަނގަޅުވާނެ ދުވަހެއް ނޭނގޭތީ އަކްޝޭވަނީ އޭނާއަށް މަޑުނުކޮށް ޝޫޓިން ކުރިޔަށް ގެންދިއުމަށް ޕްރޮޑަކްޝަން ޓީމަށް އަންގާފަ އެވެ.
މަންމަ މަރުވިކަން ހާމަކުރީ އަކްޝޭ ރަސްމީ ޓުވިޓާ އެކައުންޓު މެދުވެރިކޮށެވެ. އަކްޝޭ ބުނެފައިވަނީ މަންމަ ދުނިޔެ ދޫކުރީ އަމާންކަމާއި އެކުކަމަށާއި އެންމެންގެ ހެޔޮ ދުއާއަށް އެދޭ ކަމަށެވެ.
އަދި ބުނެދޭން ނޭނގޭ ފަދަ ފުން އަސަރެއް މަންމަގެ މަރާއި އެކު ލިބިފައިވާ ކަމަށް އަކްޝޭ ބުނެފައިވެ އެވެ.
އަކްޝޭ މަންމަ އަކީ ބޮލީވުޑްގެ ކުރީގެ ފިލްމު ޕްރޮޑިއުސަރެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް