އަލިފުށީ އައު ހޮސްޕިޓަލްގެ މަސައްކަތް މި އަހަރުގެ ފަހު ކުއަރޓަރގައި ފަށާނީ

ރ. އަލިފުށީގައި އަލަށް އިމާރާތްކުރާ ހޮސްޕިޓަލްގެ މަސައްކަތް މިއަހަރުގެ ފަހު ކުއަރޓަރގައި ފެށޭނެ ކަމަށް މިނިސްޓަރ އޮފް ހެލްތް އަޙްމަދު ނަސީމް ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ، ރ. އަލިފުށީގައ...

08 Sep 2021 | 07:39

ރ. އަލިފުށީގައި އަލަށް އިމާރާތްކުރާ ހޮސްޕިޓަލްގެ މަސައްކަތް މިއަހަރުގެ ފަހު ކުއަރޓަރގައި ފެށޭނެ ކަމަށް މިނިސްޓަރ އޮފް ހެލްތް އަޙްމަދު ނަސީމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ، ރ. އަލިފުށީގައި އެޅުމަށް ހަމަޖެހިފައިވާ ހޮސްޕިޓަލް ޑިޒައިންކޮށް ނިމި، އެ ހޮސްޕިޓަލް އެޅުމުގެ މަސައްކަތް ފެށޭނެ ތާރީޚެއް ހޯދުމަށް އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަހުމަދު ކުރެއްވި ސުވާލަކަށް ލިޔުމުން ޖަވާބު ދެއްވަމުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސަށް އެޑްރެސް ކުރައްވައި ފޮނުއްވި ސިޓީގައި މިނިސްޓަރު ލިޔުއްވާފައި ވަނީ އަލިފުށީގައި އެޅުމަށް ހަމަޖެހިފައިވާ 30 އެނދުގެ ހޮސްޕިޓަލްގެ ޑިޒައިނާއި ބިލް އޮފް ކުއަންޓިޓީ ނިމިފައިވާ ކަމަށެވެ. އަދި ޕްލޭނިން މަރުހަލާ ކުރިއަށް ގެންދެވިފައިވަނީ އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިންއާ ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެވިގެން ކަމަށް ވެސް ވެއެވެ.

ހޮސްޕިޓަލް އެޅުމަށް ބޭރުގެ ކުންފުޏަކާ 30 ޖޫން 2021ގައި ހަވާލުކޮށްފައިވާ ކަމަށާއި، އަމަލީ މަސައްކަތް މި އަހަރުގެ ފަހު ކުއާޓަރގައި ކުރުމަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ސިއްޙީ ދާއިރާ އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުން ރާއްޖޭގެ އެކިކަންކޮޅުތަކުގައި ހުރި 5 ހޮސްޕިޓަލެއް ޓާޝަރީ ފެންވަރަށް ބަދަލުކުރުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް