ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގައި އޮތް ބަލި ކުއްޖަކު އެމްއެންޑީއެފް ޑޯނިއަރގައި މާލެ ގެނެސްދީފި

ހދ.ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގައި އޮތް ބަލި ކުއްޖަކު އެމްއެންޑީއެފް ޑޯނިއަރގައި މާލެ ގެނެސްދީފި އެވެ. އެމްއެންޑީއެފް އިން ބުނީ އެކުއްޖާ މާލެ ގެނެސްދީފައިވަނީ އެމްއެންޑީއެފް ނޮދަން އޭރިއާގެ އެހީތ...

08 Sep 2021 | 04:45

ހދ.ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގައި އޮތް ބަލި ކުއްޖަކު އެމްއެންޑީއެފް ޑޯނިއަރގައި މާލެ ގެނެސްދީފި އެވެ.

އެމްއެންޑީއެފް އިން ބުނީ އެކުއްޖާ މާލެ ގެނެސްދީފައިވަނީ އެމްއެންޑީއެފް ނޮދަން އޭރިއާގެ އެހީތެރިކަމާ އެކު އެމްއެންޑީއެފް ޑޯނިއަރ ފުލައިޓްގައި މިއަދު ކަމަށެވެ.

އުމުރުން 15 އަހަރުގެ މި ކުއްޖާ މާލެ ގެނެސްދީފައިވަނީ، ޞިއްޙީ އިތުރު ފަރުވާއަށް މާލެ ގެންގޮސް، ފަރުވާދިނުމަށް އެ ކުއްޖާ ބެއްލެވި ޑޮކްޓަރުން ލަފާދެއްވުމާ ގުޅިގެން ނެވެ.

އެމްއެންޑީއެފް ޑޯނިއަރ ފުލައިޓުގައި ބަލި ކުއްޖާ މާލެ ގެނެސްފައިވަނީ މިއަދު 08:42 ހާއިރު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް