ކޮލިފިކޭޝަންސް ރިކޮގްނިޝަން އާ ގުޅޭގޮތުން ވަރަށް ޚާއްސަ ޕަބްލިކް ވެބިނަރއެއް ބޭއްވުމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ އިން ނިންމައިފި އެވެ.
އެ އޮތޯރިޓީން ބުނީ މިއީ އެ އޮތޯރިޓީގެ ފަރާތުން ކުރިއަށް ގެންދާ ވެބިނަރ ސީރީޒް ގެ ދަށުން ކޮލިފިކޭޝަންސް ރިކޮގްނިޝަން ނުވަތަ ސަނަދުގެ ފެންވަރު ބެލުމާ ގުޅޭގޮތުން އާންމުން ހޭލުންތެރިކުރުމުގެ ގޮތުން ބާއްވާ ވަރަށް ޚާއްޞަ ޕަބްލިކް ވެބިނަރ އެއް ކަމަށެވެ. އަދި މި ވެބިނަރ އޮންނާނީ މިމަހުގެ 19 ވާ އާދިއްތަ ދުވަހު ކަމަށެވެ.
މި ވެބިނަރ ސީރީޒް އަކީ ރެޖިސްޓަރޭޝަން އަށް ހުޅުވާލެވިގެން ގޫގުލް މީޓް ޕްލެޓްފޯރމް ގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ވެބިނަރ އެއް ކަމާއި ވެބިނަަރ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ހެނދުނު 10 އިން މެންދުރު 12 އަށް ކަމަށް ވެސް ބުންޏެވެ.
މި ވެބިނަރ ގައި ކޮލިފިކޭޝަންސް ރިކޮގްނިޝަން ގެ މަސައްކަތް ކުރިއަށް ދާ ގޮތާއި މި މަސައްކަތުގައި ދިމާވާ ދަތިތަކާ ގޮންޖެހުންތަކާއި ސައްޙަ ނޫން ސަނަދުތަކާ ގުޅޭ ގޮތުން މަޢުލޫމާތު ދެވޭނެ އެވެ.
މީގެ އިތުރުން މި ވެބިނަރ ގައި ބައިވެރިވާ ފަރާތްތަކުން ކުރާ ސުވާލުތަކަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ ގެ ފަރާތުން ޖަވާބު ދިނުމަށް ވެސް ހަމަޖެހިފައި ވެއެވެ.
ގޫގުލް މީޓް މެދިވެރިކޮށް ބާއްވާ މި ވެބިނަރ ގައި ބައިވެރިވުމަށް https://form.jotform.com/212471282189054 ގައިވާ ފޯމުން ރެޖިސްޓަރ ކުރުމުން، މި ވެބިނަރ ގައި ބައިވެރިވުމުގެ ފުރުޞަތު ކޮންމެ ފަރާތަކަށް ވެސް ލިބިގެންދާނެ އެވެ.
އާއްމުންނަށް ހުޅުވާލެވިގެން ކުރިއަށް ގެންދެވޭ މި ވެބިނަރ ޝަރަފުވެރިކޮށް ދެއްވާނީ މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން ޑރ. އިބްރާހީމް ޙަސަން އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް