މިފަހަރުގެ ހޫނު މޫސުމުގައި އިޓަލީގެ ޔުވެންޓަސްއިން މެންޗެސްޓަރ ޔުނައިޓެޑާ އަލުން ގުޅުނު ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ މެންޗެސްޓަރގެ ފަރިތަކުރުންތަކުގައި މިއަދު ބައިވެރިވާން ފަށައިފި އެވެ.
ކަރަންޓީނުގެ މުއްދަތަށް ފަހު މިއަދު ޔުނައިޓެޑުގެ ފަރިތަކުރުންތަކުގައި ރޮނާލްޑޯ ބައިވެރިވެފައިވާއިރު، ރޮނާލްޑޯ އެންމެ އަވަހަށް ވެސް ޔުނައިޓެޑާއި އެކު މެޗެއް ކުޅޭނީ ޗެމްޕިއަންސް ލީގުގެ ގުރޫޕު ސްޓޭޖުގައި ޔަންގް ބޯއީސްއާއި ދެކޮޅަށް ޔުނައިޓެޑް ކުޅޭ މެޗުގައި ކަމަށް ރިޕޯޓުތައް ބުނެއެވެ.
އަންނަ ހޮނިހިރު ދުވަހު ލީގުގައި ނިއުކާސަލްއާއި އެކު ޔުނައިޓެޑު ކުޅޭ މެޗުގައި ރޮނާލްޑޯ ފެނިގެން ދާނެކަމަށް ހީކުރެވުނު ނަމަވެސް އެ މެޗުގައި އޭނާ ފެނުން ދުރެވެ. ސަބަބެއް ކަމުގައި މީޑިއާ ރިޕޯޓުތަކުން ބުނަނީ އެ މެޗާއި ހަމައަށް ރޮނާލްޑޯ އަށް ލިބޭ ޕްރެކްޓިސް ސެސަން ތައް މަދުވުމެވެ. އެހެން ކަމުން އެ މެޗުގައި ރޮނާލްޑޯ ފެނުން ދުރެވެ.
ރޮނާލްޑޯ ދެވަނަ ފަހަރަށް އެނބުރި ޔުނައިޓެޑާއި ގުޅުނު އިރު އޭނާ ވަނީ މީގެ ކުރިން 2003 ވަނަ އަހަރުން ފެށިގެން 2009 ވަނަ އަހަރާއި ހަމައަށް ޔުނައިޓެޑަށް ކުޅެފައެވެ.
ރޮނާލްޑޯ ވަނީ ކުރިން ޔުނައިޓެޑުގައި ހޭދަކުރި މުއްދަތުގައި އެޓީމަށް 292 މެޗު ކުޅެދީ 118 ގޯލު ޖަހައިދީފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް