ރައީސް ނަޝީދުގެ ބައިނަލްއަގްވާމީ ޓީމުގައި ހިމެނޭ އާމާލް ކްލޫނީގެ ނަމުގައި ފޭކް ޕޭޖެއް ހަދައިގެން އެ ޕޭޖް ޕްރޮމޯޓް ކުރުމަށް ބޮޑު ހަރަދުތަކެއް ކުރަން ފަށައިގެން އުޅޭކަން އެނގޭހެއްޔެވެ.
އެ ޕޭޖު amal cloooney ގެ ނަމުގައި ހަދާފައިވާއިރު ފޭކް ޕޭޖް ތައްޔާރުކޮށްފައިވަނީ މީގެ 12 ވަރަކަށް ގަޑިއިރު ކުރިންނެވެ. އެ ޕޭޖް އިންނަނީ "ބޫސްޓް" ކޮށްފަ އެވެ. ލާރި ހަރަދުކޮށްގެން ޕޭޖް ބޫސްޓް ކުރަނީ ޕޭޖަށް ގިނަ ލައިކްސް ހޯދުމުގެ ބޭނުމުގަ އެވެ. 12 ގަޑިއިރު ތެރޭގައި މިހާތަނަށް އެ ޕޭޖަށް 2000 އަށް ވުރެ ގިނަ ލައިކްސް ލިބިފައިވާއިރު އެ ޕޭޖް ބޫސްޓް ކޮށްފައިވަނީ ކުޑަ އަދަދަކުން ނޫންކަން ހާމަވެ އެވެ.
އެ ޕޭޖްގައި ލިޔެފައިވާ ބައެއް ޕޯސްޓްތަކަށް ބަލާއިރު ފެންނަނީ އާމާލް ދެކެ މީހުން ފޫހި ކުރުވަން ލާފައި ހުންނަ ފޮޓޯތައްކަން ފާހަގަ ކުރެވެ އެވެ. އަދި ލިޔެފައިވާ ބައެއް ޕޯސްޓްތަކުގައި "ރައީސް ނަޝީދު މިނިވަން ކުރާނެ" ކަމަށްބުނެ އާމާލްގެ ނަމުގައި ގަދަބަސް ބުނެފައި ހުރެ އެވެ.
ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި އާމާލް އަކީ ރަސްމީ ފޭސްބުކް ޕޭޖެއް ގެންގުޅޭ ފަރާތެއް ނޫނެވެ. ނަމަވެސް އާމާލްގެ ފޭން ޕޭޖެސްތަކާއި ޕަބްލިކް ފިގާ ޕޭޖްތައް ފޭސްބުކްގައި ހުރެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް