ރައީސް މައުމޫނަށް ތާއީދުކޮށް ބަޔާން ނެރުނު ގޮފިތަކުގެ އަދަދު 19 އަށް

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އަށް ޕީޕީއެމްގެ ރައީސްކަން ގެއްލޭފަދަ އިސްލާހެއް ގާނޫނަށް ގެނައުމަށް މަޖިލީހަށް ހުށަހަޅާފައިވާއިރު އެކަމާ ދެކޮޅަށް މަސައްކަތްކޮށްދިނުމަށް އެދި އަދި ރައީސް މައުމ...

08 Sep 2015 | 10:33

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އަށް ޕީޕީއެމްގެ ރައީސްކަން ގެއްލޭފަދަ އިސްލާހެއް ގާނޫނަށް ގެނައުމަށް މަޖިލީހަށް ހުށަހަޅާފައިވާއިރު އެކަމާ ދެކޮޅަށް މަސައްކަތްކޮށްދިނުމަށް އެދި އަދި ރައީސް މައުމޫނަށް ތާއީދު ކުރާކަން ހާމަކޮށް މިއަދުވެސް ޕީޕީއެމްގެ ފަސް ގޮތްޕަކުން ބަޔާން ނެރެފި އެވެ.

ޕީޕީއެމްގެ ފަސް ގޮތްޕަކުން މިއަދު ބަޔާން ނެރެފައިވާއިރު އެކު ޖުމްލަ 19 ގޮތްޕަކުން 19 ބަޔާނެއް މިހާތަނަށް ނެރެފައި ވެ އެވެ.

މިއަދު ބަޔާން ނެރެފައިވަނީ ގދ.މަޑަވެލި އަސުރުމާ ގޮފި، ފ.ފީއަލީ ބޮންތޮ ގޮފި، ހދ ނޮޅިވަރަމް ޕީޕީއެމް ރޫޙުގޮފި، ނ.ޅޮހީ ބަދަހި ގޮފި އަދި ލ.ހިތަދޫ އަސުރުމާ ގޮފިންނެވެ.

ގޮފިތަކުގެ ބަޔާންތަކުގައި މައިގަނޑުގޮތެއްގައި ފާހަގަކޮށްފައިވަނީ ޕީޕީއެމް އަށް ރައީސް މައުމޫންގެ މުހިންމު ކަމެވެ. އަދި މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ހުށަހަޅުއްވާފައިވާ އެ އިސްލާހާ ދެކޮޅަށް ކުރެވެންހުރި މަސައްކަތެއް ކޮށްދިނުމަށް ޕީޕީއެމްގެ އާންމު މެމްބަރުންނާއި ޕީޕީއެމްގެ ޕާލަމެންޓަރީ ގްރޫޕުގެ ކިބައިން ގޮފިތަކުން އެދިފައި ވެ އެވެ.

އެމްޑީޕީއަށް ނިސްބަތްވާ މެމްބަރު އަލީ އާޒިމް ހުށަހަޅުއްވާފައިވާ އިސްލާހު ފާސްވެއްޖެނަމަ ރައީސް މައުމޫނަށް ޕީޕީއެމްގެ ރައީސްކަން އަދި ގާސިމް އިބްރާހިމް އަށް ޖޭޕީގެ ލީޑަރުކަން ގެއްލޭނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް