ދ. ކުޑަހުވަދޫ ޕޮލިސް ސްޓޭޝަނާއި އިންސްޓިޓިއުޓް ފޮރ ސެކިއުރިޓީ އެންޑް ލޯ އެންފޯސްމަންޓް ސްޓަޑީޒް (އައިލްސް) އާއި ގުޅިގެން ކުޑަހުވަދޫ ސަހަރާ ސާފުކުރުމުގެ މަސައްކަތް ކޮށްފިއެވެ.
މި ސެޕްޓެމްބަރު މަހުގެ 6 ވަނަ ދުވަހު ކުރި މި މަސައްކަތުގައި ދ. ވާނީގައި މިހާރު ކުރިއަށްދާ 26 ވަނަ ޕަބްލިކް އޯޑަރ ޓްރެއިނިންގ ކޯހުގެ ބައިވެރިންނާއި ދ. ކުޑަހުވަދޫގައި މަސައްކަތްކުރާ ފުލުހުން ބައިވެރިވެފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެ އެވެ.
ފުލުހުން މައުލޫމާތު ދޭ ގޮތުގައި މި މަސައްކަތުގައި ވަނީ ސަހަރާގައި ބޯކޮށް ހެދިފައިވާ ވިނަތައް ނޮޅައި ސާފުކުރުމުގެ އިތުރުން ސަހަރާގައި ހެދިފައިވާ ގަސްތައް ކަނޑައި ސާފުކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް