އިންޒާރުގެ ވީޑިއޯ ޕީޕީއެމް އިން ކުށްވެރިކޮށްފި

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އާއި އެމަނިކުފާނުގެ ނައިބު އަހުމަދު އަދީބު އަށް ހަމަލާ ދޭނެ ކަމަށް ބުނެ އިހަށްދުވަހު ބަޔަކު ޔޫޓިއުބްގައި އާންމުކުރި ވީޑީއޯ ޕީޕީއެމް އިން ކުށްވެރިކޮ...

08 Sep 2015 | 07:03

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އާއި އެމަނިކުފާނުގެ ނައިބު އަހުމަދު އަދީބު އަށް ހަމަލާ ދޭނެ ކަމަށް ބުނެ އިހަށްދުވަހު ބަޔަކު ޔޫޓިއުބްގައި އާންމުކުރި ވީޑީއޯ ޕީޕީއެމް އިން ކުށްވެރިކޮށްފި އެވެ.

ވީޑިއޯ ކުށްވެރިކޮށް އެ ޕާޓީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޕާޓީގެ މުސްތަޝާރު، އަދި ރާއްޖޭގެ ރައީސް ޔާމީން އާއި ޕާޓީގެ ނައިބު ރައީސް އަދި ރާއްޖޭގެ ނައިބު ރައީސް އަދީބު އަށް ހަމަލާ ދޭނެކަމަށްބުނެ ދާދި ފަހުން ޔޫޓިއުބުގައި އާންމުކުރި ވީޑިއޯ އެ ޕާޓީން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. އަދި އެ ވީޑިއޯ ނެރުނު ފަރާތެއް ހޯދައި އެ މައްސަލަ ބައްލަވާ ފިޔަވަޅު އެޅުއްވުމަށް ކަމާބެހޭ ފަރާތްތަކަށް ގޮވާލާ ކަމަށްވެސް އެ ބަޔާނުގައި ބުނެފައި ވެ އެވެ.

އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ ރައީސުލްޖުމްހޫރިއްޔާ އާއި ނައިބު ސަރުކާރުގެ ގާނޫނު ނެގެހެއްޓުމުގައި ފަސްޖެހިވަޑައިގަތުމެއްނެތި ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަށް ޕާޓީން އަބަދުވެސް މަރުހަބާ ކިޔާ ކަމަށެވެ. އަދި އެފަދަ ކޮންމެ ދަނޑިވަޅެއްގައި ޕާޓީ އޮންނާނީ ސަރުކާރުގެ ދިފާއުގައި ކަމަށްވެސް ޕީޕީއެމްގެ ބަޔާނުގައި ވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް