ރެކޯޑް މުގުރާލައިގެން ފުއްދާލާކަށް ބޭނުމެއް ނޫން، 2018 ގެ ވޯރްލްޑް ކަޕްގައިވެސް ކުޅޭނަން: ވޭން ރޫނީ

ގައުމީ ޓީމަށް ގިނަ މެޗްތަކެއްކުޅެ 50 އަށްވުރެވެސް ގިނަގޯލްތައް ކާމިޔާބު ކޮށްދޭން ބޭނުންވާކަމަށް ވޭން ރޫނީ ބުނެފިއެވެ. ރޫނީ މިހެން ބުނެފައިވަނީ މިދިޔަ ހޮނިހިރު ދުވަހު ސާރ ބޮބީ ކާރލްޓޮންގެ ރެކޯޑާ އެއްވަ...

08 Sep 2015 | 05:17

ގައުމީ ޓީމަށް ގިނަ މެޗްތަކެއްކުޅެ 50 އަށްވުރެވެސް ގިނަގޯލްތައް ކާމިޔާބު ކޮށްދޭން ބޭނުންވާކަމަށް ވޭން ރޫނީ ބުނެފިއެވެ.

ރޫނީ މިހެން ބުނެފައިވަނީ މިދިޔަ ހޮނިހިރު ދުވަހު ސާރ ބޮބީ ކާރލްޓޮންގެ ރެކޯޑާ އެއްވަރު ކުރުމަށްފަހުގައެވެ.

ރޫނީ އިތުރަށްބުނެފައިވަނީ އިންގްލެންޑްއަށް އަދިވެސް ގިނަމެޗްތަކެއް ކުޅޭނެކަމަށާއި ކެރިއަރ ނިންމާލާއިރު 50 އަށްވުރެ ގިނަގޯލްޖަހާދޭނެކަމަށެވެ. 2018 ގައި ރަޝިޔާގައި އޮންނަ ވޯރލްޑް ކަޕްގައި ކުޅޭނެމަށާއި ގައުމީޓީމަށް ކުޅުން ހުއްޓާލަން ވިސްނާނީ އެމުބާރާތައްފަހުކަމަށް ވޭން ރޫނީ ވަނީ ބުނެފައެވެ. މުބާރާތައް ފަހުވެސް 100 ޕަސެންޓް ފިޓްވެފައި މެނޭޖަރު ރުހޭކަމުގައިވާނަމަ ވޯރލްޑް ކަޕަށްފަހުވެސް ގައުމީ ޓީމަށް ކުޅޭނެކަމަށާއި ގައުމީޓީމުގައި ރޫނީގެ ވަގުތު ހަމަވެއްޖެކަން ނިންމާނީ ޓިމުގެ މެނޭޖަރުކަމަށް ރޫނީ ވަނީ ބުނެފައެވެ.

އިންގްލެންޑް ދެން ފުޓްބޯލް މެޗެއްގައި ބައްދަލުކުރާނީ ސްވިޒިލެންޑާއެވެ. މިމެޗް ފައްޓާނީ ރާއްޖޭގަޑިން މިރޭ  11:45 ގައެވެ. މިމެޗްގައި އިންގްލެންޑްއަށް އެންމެ ގިނަގޯލް ކާމިޔާބުކޮށްދިން ކުޅުންތެރިޔާކަމުގެ ރެކޯޑް ރޫނީ ހޯދާނެ ކަމަށް ލަފާކުރެވެއެވެ. މިރެކޯޑް 1970 ވަނަ އަހަރުން ފެށިގެން މިހާތަނަށް ދަމަހައްޓަމުން އައިސްފައިވަނީ ސާރ ބޮބީ ކާރލްޓޮންއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް