ފިހާރައެއްގެ ފުރާޅުން ޓިނު ނަގައިގެން ވައްކަންކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި

އޮލިމަޕަސް ކައިރީ ހުރި ފިހާރައެއްގެ ފުރާޅުން ޓިނު ނަގައިގެން ވައްކަންކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި އެވެ. މިމައްސަލައާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 32 އަހަރުގެ ދިވެހި ފިރި...

08 Sep 2015 | 05:11

އޮލިމަޕަސް ކައިރީ ހުރި ފިހާރައެއްގެ ފުރާޅުން ޓިނު ނަގައިގެން ވައްކަންކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި އެވެ.

މިމައްސަލައާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 32 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ފުލުހުން ހާމަކުރާ ގޮތުގައި މިމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ފިހާރައެއްގެ ފުރާޅުން ޓިނުނަގައިގެން ވައްކަން ކުރަން އުޅެނިކޮށް މި ސެޕްޓެމްބަރު މަހުގެ ހަ ވަނަ ދުވަހުގެރޭ 01:20 ހާއިރު އެ ފިހާރައިގެ ފުރާޅު މަތިން އެވަގުތު މާލެތެރެ ޕެޓްރޯލް ކޮށް ބެލެހެއްޓުމުގައި ހަރަކާތްތެރިވި ގަލޮޅު ޕޮލިސްގައި މަސައްކަތްކުރާ ފުލުހުން ކަމަށެވެ.

އެފިހާރައިގެ ފުރާޅުން ޓިނުގަނޑު ހަލާކުކޮށްލިނަމަވެސް އޭނާއަށް އެފިހާރަ ތެރެއަށް ވަދެވިފައެއް ނުވާ ކަމަށާއި އަދި މިމީހާ ފުލުހުންގެ  ބެލުމުގެ ދަށަށް ގެނެސް ބަލައިފާސްކުރިއިރު އިސްކުރު ކަށިގަނޑަކާއި ރެންޗެއްގެ އިތުރުން ކަޓަރެއް ފެނިފައިވާ ކަމަށްވެސް ފުލުހުން ހާމަކުރެ އެވެ.

ފުލުހުން އިތުރަށް ބުނީ މި މީހާއަކީ  ޑްރަގް ކޯޓުގެ ރިހިބިލިޓޭޝަން އަމުރުގެ ދަށުން މުޖުތަމަޢުއަށް ދޫކޮށްލާފައިވާ މީހެއް ކަމަށާއި މީގެއިތުރުން އޭނާއަކީ މަސްތުވާތަކެއްޗާއި ފޭރުމުގެ މައްސަލަތަކުގެ ރެކޯޑްސް އޮންނަ މީހެއް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް