އާދަޔާ ހިލާފަށް ބޮޑުގިނިހިލައެއް ޖައްވުން ތައިލެންޑަށް ވެއްޓި ގޮވުންތަކެއްގެ އަޑު އިވިއްޖެއެވެ.
މަންޒަރު ދުތް މީހުން ބުނެފައިވަނީ ގިނިހިލަ ދުނިޔެއާއި ދިމާލަށް ވެއްޓެމުންދިޔަވަގުތު ފެހި އަދި އޮރެންޖް ކުލައިން ވިދަމުންދިޔަކަމަށެވެ. މިގިނަހިލަވެއްޓިފައިވަނީ އިއްޔެގެ ހެނދުނު ބެންކޮކޮގެ ކައިރިހިސާބަކަށް ބެންކޮކް ގަޑިން 8:45 ގައެވެ.
މި ވެއްޓުނު ގިނިހިލަ ވަނީ މިހާދިސާ ހިނގި ހިސާބާއި 200 ކިލޯމީޓަރު ދުރުގައި އޮންނަ އަވަށެއްގެ ރައްޔިތުންނަށްވެސް ވަނީ ފެނިފައެވެ. މި ގިނިހިލަ ވެއްޓުނުވަގުތު ބާރު ދެގޮވުމުގެ އަޑު އިވުމުން މީހުން ސަލާމަތްކުރުމުގައި ހަރަކާތްތެރިވާ ޓީމެއް ވަނީ މިގިނިހިލަ ވެއްޓުނު ހިސާބުކަމަށްލަފާކުރެވޭ ހިސާބަށް ފޮނުވާފައެވެ.
މިހާދިސާއާއި ގުޅިގެން މީޓެއެރޮލޮޖިސްޓުން ބުނެފައިވަނީ މިގޮތަށް އަލިފާންބޯޅަވެއްޓުމަކީ އާންމުކަމެއްކަމަށާއި މިއީ ހައިރާންވާންޖެހޭވަރުގެ ކަމެއްނޫންކަމަށެވެ. އެހެންނަމަވެސް މިފަހަރު މިވެއްޓުނީ ކުޑަ ގިނިހިލައެއްނޫންކަމަށްވެސް މީޓެއެރޮލޮޖިސްޓުން އެގައުމުގެ ރޭޑިއޯއަކަށް މައުލޫމާތުދެމުންވަނީ ބުނެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް