އާދައިގެ ކަމެއް ނޫން، މިނީ ވޭން އެއްގެ ތެރެއަށް އެއްފަހަރާ 51 މީހުން

މިނީ ވޭން އެއްގެ ތެރެއަށް 51 މީހުން އެރުމަކީ ވެދާނެ ކަމެއް ހެއްޔެވެ؟ ގިނިސް ވޯލްޑް ރެކޯޑް ފޮތުން ޖާގަ ހޯދުމަށް، ބަޔަކު މިވަނީ މިކަންވެސް ކޮށްފަ އެވެ. މިމީހުން ހަދާފައިވާ ރެކޯޑަކީ އެންމެގިނަ ބަޔަކު އެއ...

08 Sep 2015 | 03:00

މިނީ ވޭން އެއްގެ ތެރެއަށް 51 މީހުން އެރުމަކީ ވެދާނެ ކަމެއް ހެއްޔެވެ؟ ގިނިސް ވޯލްޑް ރެކޯޑް ފޮތުން ޖާގަ ހޯދުމަށް، ބަޔަކު މިވަނީ މިކަންވެސް ކޮށްފަ އެވެ.

މިމީހުން ހަދާފައިވާ ރެކޯޑަކީ އެންމެގިނަ ބަޔަކު އެއްފަހަރާ ކްލާސިކް ވޯކްސް ވޯގަން ކޭމްޕްވޭން އަކަށް އެރުނުކަމުގެ ރެކޯޑެވެ. މި ރެކޯޑު ހެދުމުގައި އެކި އުމުރުގެ މީހުން ބައިވެރި ވިއިރު މިރެކޯޑު ހަދާފައިވަނީ އިނގިރޭސިވިލާތުގެ ވޯސެސްޓެޝަޔާ ގައި ކުރިޔަށްދިޔަ ބަސްފެސްޓް ވޭން ފެސްޓިވަލްގައެވެ. މި ރެކޯޑްހަދައިގެން ލިބުނު ފައިސާ ހަދިޔާކޮށްފައިވަނީ ކެންސަރު ފަދަ ފުރާނައަށް ނުރައްކާވާ ބަލިތަކާއި ހަނގުރާމަ ކުރަމުންދާ ކުދިންއާއި ޒުވާނުންގެ އެދުންތަށް ފުއްދައިދޭ މަޝްހޫރު ޗޭރިޓީ ފައުންޑޭޝަން އެއް ކަމަށްވާ މޭކް އެ ވިޝް ފައުންޑޭޝަނަށެވެ.

މި އިވެންޓް ބަލަން ގޮސް ހުރި ބީބީސީގެ އެޑިޓަރެއްކަމުގައިވާ ޖޭމްސް ލުވިސް ބުނެފައިވަނީ މީގެ ކުރިން ކިތަންމެ ވޯރްލްޑް ރެކޯޑެއް ދެކެފައި ވާކަމަށާއި ނަމަވެސް މިއީ މިހާތަނަށް އެންމެ ގަޔާވި ރެކޯޑްކަމަށެވެ. ސަބަބެއްކަމުގައި ލުވިސް ބުނެފައިވަނީ މިއީ މިކަހަލަ ކަމެއް ބަޔަކަށް އެހީވުމުގެ ގޮތުން ކުރި ފުރަތަމަ ފަހަރުކަމުގައިވާތީއެވެ. މި އިވެންޓުގައި ބައިވެރިވި އިތުރު މީހަކު ބުނެފައިވަނީ އެންމެ ފުރަތަމަ މިކަން ކާމިޔާބުކެރެވޭނެކަމަށް ހީނުކުރާކަމަށާއި ވޭން އަށް އަރުވަންޖެހޭ އެންމެ ފަހުމީހާއާ ޖެހުމުން އޭނަ ވެއްދުމުގައި އެންމެން ބައިވެރިވިކަމަށެވެ.އަދި ރެކޯޑު ހެދި ވަގުތަކީ ހިތް ފުރިގެން ދިޔަ ވަގުތެއްކަމަށެވެ.

މި އިވެންޓް ކުރިޔަށްދިޔަ ބަސްފެސްޓް ގައި 25000 މީހުންބައިވެރި ވިއިރު 5000 ވެހިކަލް ވަނީ ދައްކާލާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް