ރައްޔިތުން މަޖިލީހުގެ ރައީސް، ލ އަތޮޅު ސުކޫލުގެ އެއްވެސް މަގާމަކަށް ކުރިމަތި ލައިފިއްޔާ އެންމެ ކުޑަ މިނުން ފޮޅާ ސާފު ކުރާ މީހެއްގެ މަގާމުވެސް ނުލިބޭނެ ކަމަށް ޕީއެންއެފްގެ ސެކެރެޓަރީ ޖެނެރަލް މުޙައްމަދު މަލީހު ޖަމީލް މިރޭ ވިދާޅުވެއްޖެއެވެ.
މިރޭ ޕީއެންއެފް ޖަލްސާގައި ވާހަކަ ދައްކަވަމުން މަލީހު ވިދާޅުވީ، ޕީއެންސީ/ޕީޕީއެމް ޖަގަހައިގައި ދެއްކެވި ވާހަކަތަކުގައި އޮއްޓަރުހުރި ވާހަކަތަކެއް ނުދައްކާކަމަށެވެ.
އަދި އެ ޖަލްސާގައި އިގްތިސާދު ހަމައަށް އެޅުމުގެ ވާހަކަތައް ދައްކަވާނެ ކަމަށް ހީކުރި ނަމަވެސް ދެއްެކެވީ ރައީސް ޔާމީން އާއި ގުޅޭގޮތުން ދޮގު ވާހަކަތަކެއް ކަމަށެވެ.
މަލީހު ވަނީ އެ ޖަގަހ،ަ ބަންދުކުރުމަށް ވެސް ގޮވާލާފައެވެ.
މަލީހު އިތުރަށް ވިދާޅުވީ ޖަގަހަ ބަންދު ކުރުމަށް ގޮވާލަނީ އެ ބޭފުޅުންގެ ވާހަކަތަކަށް ޖަވާބުދާރީވެ ރައްދު ނުދެވޭނެތީއެއް ނޫން ކަމަށެވެ. އެއީ އެއްވެސް ބޭފުޅަކަށް ޒާތީވެ ޖަދަލް ކުރުން ފަދަ އަމަލު ކުރަން ބޭނުން ނުވާތީ ކަމަށްވެސް މަލީހު ވަނީ ވިދާޅުވެފައެވެ.
މީގެއިތުރުން މަލީހު ވިދާޅުވީ، އެބޭފުޅުން ވާހަކަ ދައްކަވަނީ ހަގީގަތް އޮންނަ ގޮތަށް "ފެކްޓްސް ފިގާސްއަށް" ސަރުކާރުގެ ކަަންކަން އޮންނަ ގޮތަށް ކަމަށެވެ. އެހެންނަމަވެސް ފަލާހުއަށް ވީކަމުގައި ވީނަމަވެސް އަބްދުއްރަހީމްއަށް ވީ ކަމުގައި ނަމަވެސް، އެބޭފުޅުން އިއްޔެ ދައްކާ ވާހަކައާއި މިއަދު ދައްކާ ވާހަކަތަކާއި ދިމާނުވާ ކަމަށް ވެސް މަލީހު ވަނީ ވިދާޅުވެފައެވެ.
" ހަމަ އިރުއިރުކޮޅާ ތިމަންނަ މިހުރީ ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގައޭ އެހެން ވިދާޅުވިޔަކަސް އެއީ އެއްވެސް ބޭފުޅަކު އުފާވާ އަތްތިލަބަޑި ޖަހާ ވަރުގެ ކަމެއް ނޫން. އަޅުގަނޑު މިދަންނަވަނީ އަބްދުއްރަހީމް ލާމު އަތޮޅުގެ ފޮނަދޫ ސުކޫލުގެ މަގާމަކަށް، އެއްވެސް މަގާމަކަށް ކުރިމަތި ލައިފިއްޔާ އެންމެ ކުޑަ މިުނުން ފޮޅާ ސާފު ކުރާ މީހެއްގެ މަގާމެއްވެސް ނުލިބޭނެ" މަލީހު ވިދާޅުވިއެވެ.
މިރޭ ޕީއެންއެފް ޖަގަހާއިގައި ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ކިޔާފަައެެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް