އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ މުޙައްމަދު ޝަހީމް އާއި ގުޅޭގޮތުން، ފަތުރަމުން ގެންދާ ވާހަކަތައް ކުށްވެރިކޮށް ޕީޕީއެމް/ޕީއެންސީން ނޫސް ބަޔާނެއް ނެރެފިއެވެ.
އެ ބަޔާނުގައި ވަނީ، ޑރ ޝަހީމްގެ އަބުރުފުޅު ނަގާލުމުގެ ބޭނުމުގައި ސޯޝަލް މީޑިއާގެ އިތުރުން ބައެއް މީޑިއާތަކުން ހަގީގަތާއި ހިލާފު ދޮގު ވާގަކަތައް ދައްކަމުން ގެންދާތީ އެކަންހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.
އަދި ޑރ ޝަހީމަކީ މުޅި އިސްލާމީ ދުނިޔޭގައިވެސް ނަން ހިނގާ މަޝްހޫރު އަދި އިސްލާމީ ދައުލަތްތަކުން އެމަނިކުފާނުގެ ޚިދުމަތުގެ އަގު ވަޒަންކުރަމުން ގެންދާ ހުލްގުހެޔޮ ދީނީ ލީޑަރެއް ކަމަށާއި، އެމަނިކުފާނަކީ އިސްލާމިކް މިނިސްޓަރުގެ މަގާމުގައި ހުންނަވައި ރައީސް ޑރ މުއިއްޒުގެ ދީނީ ސިޔާސަތުތައް ކުރިއެރުވުމުގައި ސާބިތުކަމާއިއެކު ކުރައްވަމުންގެންދަވާ މަސައްކަތްޕުޅަށް އެ ކޯލިޝަނުން ފަހުރުވެރިވާ ބޭފުޅެއްކަމުގައިވެސް އެ ބަޔާނުގައި ބުނެފައި ވެއެވެ.
މީގެިއތުރުން، އެ ބަޔާނުގައި ބުނެފައިވަނީ، ޑރ ޝަހީމަކީ ފުރައްސާރަކޮށް ހަގީގަތާއި ޚިލާފު ދޮގު އިލްޒާމުތަކުން ފަސްޖެހިވަޑައިގަންނަވާނެ ބޭފުޅެއް ނޫން ކަމަށެވެ. އަދި އެއީ ދީނީ އިލްމު ދެނެވަޑައިގެން ހުންނެވި އަޒުމް ވަރުގަދަ ސިޔާސީ ލީޑަރެއް ކަމަށެވެ.
ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ވަނީ ޑރ ޝަހީމް އަބުރު ކަތިލެއްވުމަށް ކުރަމުން ގެންދާ މަސައްކަތް މިހާރުން މިހާރަށް ހުއްޓާލުމަށް ގޮވާލާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް