ހަނިމާދޫ އެއާޕޯޓް ކައިރީ ފަތުރުވެރިކަން ތަރައްޤީ ކުރުމަށް އިންޑިއާއި މަޝްވަރާކޮށްފި

ހދ ހަނިމާދޫ އިންޓްނޭޝަނަލް އެއާރޕޯޓުގެ މަސައްކަތް ނިމުމުގެ ކުރިއަށް އެ ސަރަހައްދުގައި ފަތުރުވެރިކަން ތަރައްގީީ ކުރުމަށް އިންވެސްޓަރުން ހޯދަމުންދާކަމަށް ޓޫރިޒަމް މިނިސްޓަރ އިބްރާހިމް ފައިސަލް ވިދާޅުވެއ...

08 Aug 2024 | 15:30

ހދ ހަނިމާދޫ އިންޓްނޭޝަނަލް އެއާރޕޯޓުގެ މަސައްކަތް ނިމުމުގެ ކުރިއަށް އެ ސަރަހައްދުގައި ފަތުރުވެރިކަން ތަރައްގީީ ކުރުމަށް އިންވެސްޓަރުން ހޯދަމުންދާކަމަށް ޓޫރިޒަމް މިނިސްޓަރ އިބްރާހިމް ފައިސަލް ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ފައިސަލް ވިދާޅުވީ، ހަނިމާދޫ އެއާޕޯޓްގެ މަސައްކަތް ނިމެންވާއިރަށް އެ ސަރަހައްދުގައި ފަތުރުވެރިކަމުގެ އިންވެރސްޓްމެންޓްތަކެއް ގެނައުމަށް އިންޑިއާއިއެކު މަޝްވަރާކުރެވުނު ކަމަށެވެ.

އެއާޕޯޓެއް އެންމެ ރަގަނޅު ގޮތުގައި ހިންގުމަށް4،000 އަދި6،000 އެނދު ހުންނަން ޖެހޭނެކަން މިނިސްޓަރ ވަނީ ފާހަގަ ކުރައްވާފައެވެ. އެގޮތުން ހަނިމާދޫ އެއާޕޯޓު ހުންނަ ސަރަހައްދުގައި ތިން ރިސޯޓެއް ގާއިމްކުރުމާ ގުޅޭގޮތުން އިންވެސްޓަރުން ލިބޭތޯ މަސައްކަތް ކުރަމުން ދާކަމަށް ވެސް ފައިސަލް ވަނީ ވިދާޅުވެފައެވެ.

މީގެއިތުރުން މި އަހަރުގެ އަމާޒަކީ2 މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުންކަން ފާހަގަކުރައްވަމުން ވިދާޅުވީ އެ އަމާޒަށް ވާސިލް ވެވޭނެ ކަމަުގެ ޔަގީންކަން އޮތް ކަމަށްށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް