މާސްޓަޝެޕް ޓީވީ ޕްރޮގްރާމް ރާއްޖޭގައި ބޭއްވުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ޓޫރިޒަމް މިނިސްޓަރ އިބްރާހިމް ފައިސަލް ވިދާޅުވެއްޖެއެވެ.
ފައިސަލް މިހެން ވިދާޅުވެފައިވަނީ މިއަދު އެމްއެމްޕީއާރުސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
ފައިސަލް ވިދާޅުވީ، ރާއްޖޭގައި ރިއަލިޓީ ޝޯއެއް ބޭއްވުމުގެ އެންމެ މުހިންމު މަގްސަދަކީ ދިވެހިން މި ދާއިރާއަށް ޝައުގުވެރިކޮށް، ދިވެހި ޝެފުން އުފެއްދުުން ކަމަށާއި، އެ ދާއިރެާއިން ދިވެހިން ތަމްރީނުކޮށް ރިސޯޓުތަކުގައި މަތީ މަގާމުތަކަށް ނެރުން ކަމަށެވެ.
"ވަރަށް އަވަހަށް ޕީއެސްއެމްއާއިއެކުގައި މަޝްވަރާކުރާނަން މި ކަމަށް އިންޓްރަސްޓް އުފެއްދުމަށްޓަކައި މާސްޓާ ޝެފް ކިޔާ ޝޯ ރާއްޖެ ގެނައުމަށް. މީގަ ބައެއް ރިސޯޓުތަކުގެ އިންވެސްޓަރުންނަށް ތިބި ބޭފުޅުންނާއި މަޝްވަރާކުރެވިފައިވާނީ. ބައެއް ބޭފުޅުން އެބަ ވިދާޅުވޭ މިކަމުގައި ވަރަށް ބޮޑަށް އެހީ ދެއްވާނެ ކަމަށް. މިސާލަކަށް ރިސޯޓެއްގައި އެކަން ކުރަން ބޭނުންވާނަމަ ކުރެވޭ ގޮތަށް. އޭރުން ވަރަށް ބޮޑަށް މީގެ އިންޓްރަސްޓް އުފެއްދޭނެ" ފައިސަލް ވިދާޅުވިއެވެ.
ޕީއެސްއެމްއާއި ގުޅިގެން މި ޝޯ ބޭއްވުމަށް މަސައްކަތް ކުރައްވާއިރު، މީގެކުރިންވެސް ޕީއެސްއެމްއިން ވަނީ މާސްޓަޝެފް މޯލްޑިވްސް ބޭއްވުމަށް މަސައްކަތް ކޮށްފައެވެ. މިދިޔަ ދައުރުގައި އެ މަސައްކަތް ކުރި ނަމަވެސް ޝޯ ބާއްވާފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް