ސްޓެލްކޯ އެމްޑީގެ މި ޕޯސްޓަށް ގިނަ ބައެއްގެ ސަމާލުކަން!

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ފަހުމީ އެކްސްގައި ކުރެއްވެވި ޕޯސްޓަކަށް ގިނަ ބައެއްގެ ސަމާލުކަން ލިބިއްޖެއެވެ. ފަހުމީ އެކްސްގައި ޕޯސްޓް ކުރެއްވީ ނަންބަރެކެވެ. "1545" އެވެ. އިތުރު ތަފްސީލެއް ނެތި ކުރެއް...

08 Aug 2024 | 13:21

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ފަހުމީ އެކްސްގައި ކުރެއްވެވި ޕޯސްޓަކަށް ގިނަ ބައެއްގެ ސަމާލުކަން ލިބިއްޖެއެވެ.

ފަހުމީ އެކްސްގައި ޕޯސްޓް ކުރެއްވީ ނަންބަރެކެވެ. "1545" އެވެ. އިތުރު ތަފްސީލެއް ނެތި ކުރެއްވި މި ޕޯސްޓުގައި އެވާ ނަންބަރުތަކުގެ މާނައަކީ ކޮބާތޯ ގިނަ ބަޔަކު ވަނީ ސުވާލު އުފައްދާފައެވެ.

އަދި ގިނަ ބަޔަކު ދަނީ ބިިލުގެ އަގުތޯވެސް ސުވާލުކުރަމުންނެވެ. ފަހަކަށް އައިސް ސްޓެލްކޯގެ ކަރަންޓު ބިލުތައް އާދަޔާ ހިލާފަށް ބޮޑުވަމުން ދާތީ ގިނަ ބަޔަކު ދަނީ ޝަކުވާތަކެއް ކުރަމުންނެވެ. ސްޓެލްކޯއިން ވަނީ ކަރަންޓު ބިލު ބޮޑުވާން މެދުވެރިވާ ސަބަބުތައް ހިއްސާ ކޮށް އާއްމުން ހޭލުތެރިކުރުމުގެ މަސައްކަތް ތަކެއްވެސް ކޮށްފައެވެ.

މީގެއިތުރުން، ކަރަންޓު ބިލްތަކާއި، ކަރަންޓު ބޭނުން ކުރާ މިންވަރު ދެނެގަތުމަށާއި، ކަރަންޓު އިގްތިސާދު ކުރުމަށް ކުރެވިދާނެ ކަންކަމާއި ގުޅިިގެން އިލްމީ ދިރާސާއެއް ހެދުމަށް ސްޓެލްކޯއިން ވަނީ މޯލްޑިވްސް ނެޝެނަލް ޔުނިވާސިޓީ އާއި ދެމެދު ފަހުމުނާމާއެއްގައި ސޮއެ ކޮށްފައެވެ.

ފަހުމީގެ "1545" އެ ޕޯސްޓަށް ގިނަ ބައެއްގެ ސަމާލުކަން ލިބިފައިވީނަމަވެސް އެއީ ކޮން މާނައެއްގައި ޕޯސްޓުކޮށްފައިވާ ޕޯސްޓެއް ކަމެއް ދުވަސްއަށް ކަށަވަރު ކުރެވިފައެއް ނުވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް