މިއީ ދުނިޔޭގެ އެންމެ އަގުބޮޑު ގެރި- މި ގެރީގެ ބަރުދަނާ އަގު އެނގޭތަ؟

ބްރެޒިލްގެ އާދަޔާ ހިލާފު މި ގެރީގެ އަގަކީ4 މިލިއަން ޑޮލަރެވެ. މިއީ ދުނިޔޭގެ އެންމެ އަގުބޮޑު ގެރިއެވެ. މި ގެރި ޙާއްސަވަނީ އޭގެ ކުލަޔާއި ބަރުދަނުގެ ސަބަބުންނެވެ. މި ގެރީގެ ބަރުދަނުގައި1،100 ކިލޯ ހުންނަ ...

08 Aug 2024 | 12:36

ބްރެޒިލްގެ އާދަޔާ ހިލާފު މި ގެރީގެ އަގަކީ4 މިލިއަން ޑޮލަރެވެ. މިއީ ދުނިޔޭގެ އެންމެ އަގުބޮޑު ގެރިއެވެ.

މި ގެރި ޙާއްސަވަނީ އޭގެ ކުލަޔާއި ބަރުދަނުގެ ސަބަބުންނެވެ.

މި ގެރީގެ ބަރުދަނުގައި1،100 ކިލޯ ހުންނަ އިރު އެއީ އެހެން ގެރިތަކަށް ވުރެން ދެގުނަ ބަރު ގެރިއެއް ކަމަށް ބްރެޒިލްގެ ނޫސްތަކުން ވަނީ ރިޕޯޓު ކޮށްފައެވެ.

މި ގެރީގެ ނަމަކީ ވިއެޓްނާ-19އެވެ. މި ގެރިއަކީ އެ ހިސާބުގަނޑުގައި މަޝްހޫރު ގެރިއެއްކަމުން ގިނަބައެއް އެ ގެރި ބަލާލުމަށް ޒިޔާރަތް ކުރެއެވެ.މިއީ މުޅި ދުނިޔޭގެ ރެކޯޑަށް "އެންމެ އަގުބޮޑު ގެރި" ގެ ލަގަބުވެސް ހޯދާފައިވާ ގެރިއެކެވެ.

ގެރީގެ ވެރިފަރާތުން ގެރި ދެކިލުމަށް ޒިޔާރަތް ކުރާ ފަރާތަކަށް މަރުހަބާ ކިޔައެވެ. އަދި ސެކިއުރިޓީ ވަރުގަދަ ކުރުމުގެ ގޮތުން އަބަދުވެސް ހުންނަނީ ސެކިއުރިޓީ ކެމެރާތައް އަޅުވާ ގާޑްއެއްވެސް ލާފައެވެ.

މި ގެރިވަނީ ގިނަ އެވޯޑުތަކެއްވެސް ހާސިލްކޮށްފައެވެ. އޭގެތެރޭގައި، "މިސް ސައުތު އެމެރިކާ" އިތުރުން "ޗެންޕިއަން އޮފް ވޯލްޑް" ފަދަ އެވޯޑުތައް ހިމެނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް