މާރާމާރީއެއްގެ މައްސަލައެއްގައި މީހަކު ފުލުހަށް ހާޒިރުވުމަށް އަންގައި އިއުލާނުކޮށްފި

ފުލުހުން ތަހުގީގު ކުރަމުން އަންނަ މާރާމާރީއެއްގެ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުވުމަށް އަންގައި ވަނަވަރު ހާމަކޮށްފިއެވެ. ފުލުހުން ހާމަކޮށްފައިވާގޮތުގައި ހާޒިރުވުމަށް އަންގާފައިވަނީ ގއ. ދާންދޫ،...

08 Aug 2024 | 11:15

ފުލުހުން ތަހުގީގު ކުރަމުން އަންނަ މާރާމާރީއެއްގެ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުވުމަށް އަންގައި ވަނަވަރު ހާމަކޮށްފިއެވެ.

ފުލުހުން ހާމަކޮށްފައިވާގޮތުގައި ހާޒިރުވުމަށް އަންގާފައިވަނީ ގއ. ދާންދޫ، ހިތަށްފިނިވާގެ، އުމުރުން 48 އަހަރުގެ މުހައްމަދު ޝާކިރެވެ.

" ހުޅުމާލެ ފޭސް 1 އިންވެސްޓިގޭނުން ތަހުގީގު ކުރަމުންދާ، މާރާމާރީގެ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ، ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނުކުރަމެވެ." ފުލުހުން ބުނެފައިވެއެވެ.

ފުލުހުން ބުނެފައިވަނީ ހުޅުމާލެ ފޭސް އެކެއްގެ ޕޮލިސް ސްޓޭޝަނަށް، މި މަހުގެ 15 ވަނަ ދުވަހުގެ 01:00 އަށް ހާޒިރުވުމަށް ޝާކިރަށް އަންގާ ކަމަށެވެ. ހާޒިރުކުރަނީ މައްސަލައިގެ ތަހުގީގަށް ސުވާލު ކުރުމަށް ކަމުގައިވެސް ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް