އެމްއައިބީން އިލްތިމާސްކުރީ ހުރިހާ ބިހެއް އެއް ގޮށްޓަކަށް ނުލުމަށް !

ހުރިހާ ބިހެއް އެއް ގޮށްޓަކަށް ނުލުމަށް މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ދިވެހި ރައްޔިތުންނަށް އިލްތިމާސްކޮށްފިއެވެ. މިކަމަށް އެ ބޭންކުން އިލްތިމާސްކޮށްފައިވަނީ ސޯޝަލް މީޑިއާގައި ކޮށްފައިވާ ޕޯ...

08 Aug 2024 | 09:33

ހުރިހާ ބިހެއް އެއް ގޮށްޓަކަށް ނުލުމަށް މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ދިވެހި ރައްޔިތުންނަށް އިލްތިމާސްކޮށްފިއެވެ.

މިކަމަށް އެ ބޭންކުން އިލްތިމާސްކޮށްފައިވަނީ ސޯޝަލް މީޑިއާގައި ކޮށްފައިވާ ޕޯސްޓެއްގައެވެ.

ބެލެވޭގޮތުގައި އެމްއައިބީން ކޮށްފައިވާ އެ އިލްތިމާސަކީ މަޖާޒީގޮތެއްގައި އިއްޔެގެ ހާލަތާއި ގުޅުވާލައި ކޮށްފައިވާ ޕޯސްޓެކެވެ.

އެންމެ ގިނަ ދިވެހިން ބޭނުންކުރާ އަދި މާލީ ކަންކަމުގައި ދިވެހިން އެންމެ ބޮޑަށް ބަރޯސާވާ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ޚިދުމަތްތައް އިއްޔެ ބުރޫއަރައި ދިވެހިންނަށް ގިނަ ތަކުލީފުތަކަކާ ކުރިމަތިލާން ޖެހުނެވެ.

މި ހާލަތުގައި އެމްއައިބީއިން އިލްތިމާސްކޮށްފައިއެވަނީ އެފަދަ ހާލަތަކަށް ވިސްނާ ހުރިހާ ފައިސާއެއް އެއް ބޭންކެއްގައި ބެހެއްޓުމުގެ ބަދަލުގައި އެހެން ބޭންކުތައްވެސް ޚިޔާރު ކުރުމެވެ. ކުރުގޮތަކަށް ބުނަނީނަމަ އެ ބޭންކުގައިވެސް އެކައުންޓެއް ހުޅުވުމެވެ.

އެމްއައިބީގައި ބޭންކް އެކައުންޓެއް ހުޅުވާލުމަކީ ވަރަށްވެސް ފަސޭހަ ކަމެކެވެ. އެކަން ކުރުމަށް ކޮންމެހެން އެ ބޭންކަށް ދާކަށް ނުޖެހެވެ. އޮންލައިންކޮށް އެކައުންޓް ހުޅުވޭނެ އިންތިޒާމު އެ ބޭންކުން ވަނީ ފަހިކޮށްދީފައެވެ.

އެމްއައިބީގައި އެކައުންޓެއް ހުޅުވާލަން ބޭނުންނަމަ https://applynow.mib.com.mv/ އިން ވަގުތުން އެކަން ކޮށްލެވޭނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް