ޑެޑްޕޫލް ކޮސްޓިއުމްގައި އެއާޕޯޓުގައި ހުރި ދިވެއްސަކާ ރޭގައި ދިމާވި: ފުލުހުން

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި "ޑެޑްޕޫލް ކޮސްޓިއުމް"އެއްގައި ހުރި މީހަކާ ސުވާލުކޮށްފައިވާނެކަމަށް ފުލުހުން ބުނެފިއެވެ. އެގޮތުން މިއަދު މީޑިއާތަކަށް މައުލޫމާތުދެމުން ފުލުހުން ބުނެފައިވަނީ "ޑެޑް ޕޫލ...

08 Aug 2024 | 08:03

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި "ޑެޑްޕޫލް ކޮސްޓިއުމް"އެއްގައި ހުރި މީހަކާ ސުވާލުކޮށްފައިވާނެކަމަށް ފުލުހުން ބުނެފިއެވެ.

އެގޮތުން މިއަދު މީޑިއާތަކަށް މައުލޫމާތުދެމުން ފުލުހުން ބުނެފައިވަނީ "ޑެޑް ޕޫލް" ކޮސްޓިއުމެއްގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހުރި ދިވެހި ފިރިހެނަކާ ރޭގެ ވަގުތެއްގައި ފުލުހުން ސުވާލުކޮށްފައިވާކަމަށެވެ.

"ހައްޔަރުކޮށްފައެއް ނުވޭ" ފުލުހުން ބުނެފައިވެއެވެ.

ފުލުހުން ބުނީ އެމީހާ އަކީ މީހަކު ބަލައި އެއާޕޯޓަށް ގޮސް ހުރި މީހެއްކަމަށް މައުލޫމާތު ލިބުނު ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް