ރައީސް ޔާމީން ޖަލުން ނެރޭނަން: ނަޝީދު

ކުރީގެ ރައީސް އަބްދުﷲޔާމީން އަބްދުލްގައްޔޫމު ޖަލުން ނެރޭނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ނަޝީދު މިހެން ވިދާޅުވީ، ޑިމޮކްރެޓްސްގެ ފަރާތުން ޏ. ފުވައްމުލަކުގައި ކުރިއަށް ގެންދި...

08 Aug 2023 | 18:09

ކުރީގެ ރައީސް އަބްދުﷲޔާމީން އަބްދުލްގައްޔޫމު ޖަލުން ނެރޭނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިހެން ވިދާޅުވީ، ޑިމޮކްރެޓްސްގެ ފަރާތުން ޏ. ފުވައްމުލަކުގައި ކުރިއަށް ގެންދިޔަ ކެމްޕޭން ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

ނަޝީދު ވިދާޅުވީ، ޔާމީނާ މެދު ކަންތައް ކުރި ގޮތާމެދު ކަންބޮޑުވެލައްވާ ކަމަށެވެ. އެމްއެމްޕީއާރްސީގެ ހިޔާނާތުގައި 273 މީހުން ހިމެނޭކަން ފާހަގަ ކުރައްވައި ނަޝީދު ވިދާޅުވީ އެ މައްސލަައި ޔާމީނު މިނިވަން ކުރުމަށް ގޮވާލާ އިހުތިޖާޖުގައި ބައިވެރިވެލައްވާނެ ކަމަށާއި މަގުތަކަށް ނުކުންނަވާނެ ކަމަށެވވެ.

އެ މައްސަލައިގައި ޖަލުގައި އޮންނެވި ކުރީގެ ރައީސް ޔާމީނު ޖަލުން ސަލާމަތް ކުރައްވާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ. އަދި ބައިނަލްއަގުވާމީ މުޖުތަމައުގައިވެސް ޔާމީނު މިނިވަން ކުރުމަށް ގޮވާލައްވާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.

މީގެ އިތުރުން ނަޝީދުގެ ވާހަކަދުޅުގައި ޕީޕީއެމްއާ އެއްކޮޅަށް ވާހަކަ ދައްކަވާފައި ވާއިރު، ރައީސް ސޯލިހަށް ވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ..

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް