ޕީޕީއެމް ޕީއެންސީގެ ލީޑަޝިޕްގެ ތެރޭގައި ކުޑަކޮށް ދުރުގައި ތިބި އެ ކޯލީޝަންގެ ލީޑަރުންވެސް މިރޭ ޑރ. މުއިއްޒު އެންޑޯޒް ކޮށް އެކަން ހާމަކޮށްފިއެވެ.
އެގޮތުން ސެނެޓުގައި ބޮއިކޮޓް ވޯޓު ނެގުމާއި ހަމައިން ކުޑަކޮށް ދުރުގައި ތިބި ބައެއް ލީޑަރުން ކަމުގައިވާ ޝިޔާމް އާއި އާދަމް ޝަރީފާއި ޝުޖާއު އާއި ޓޮމް އަދި ސައީދު މިރޭ އެ ކޯލީޝަންގެ މައި ސެންޓަރު، ޕީޕީއެމް އޮފީހުގައި ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުކުރެއްވުމުގައި އެ ފަރާތްތައްވެސް ވަކިވަކިން ވަނީ މުއިއްޒާއި މުއިއްޒުގެ ރަނިންމޭޓް ސެމްބެ އެންޑޯޒްކޮށް ތާއިދުކުރާކަން ހާމަކޮށްފައެވެ.
އެ ލީޑަރުންވެސް މިރޭ މުއިއްޒަށް ތާއީދުކުރާކަން ހާމަކޮށްފައިވާއިރު އެފަރާތްތަކުން ބުނީ ރޭގައި ދެއްކެވި ވާހަކަތަކަކީ ޑރ. މުއިއްޒަށް ތާއީދު ނުކުރާތީ ދެއްކެވި ވާހަކަތަކެއް ނޫންކަމަށާއި ރޭގައި ދެއްކި ވާހަކަތަކީ ރައީސް ޔާމީންގެ ހައްގުގައި ދެއްކެވި ވާހަކަފުޅުތައް ކަމަށެވެ.
މިރޭ މުޅި ލީޑަޝިޕް ޑރ. މުއިއްޒުގެ ފަހަތުގައި ތިބިކަން ހާމަކުރިއިރު މާދަމައިން މާދަމައަށް މުޅި ރާއްޖޭގައި ކެމްޕޭނު ޓީމުތައް ހަރަކާތްތެރިވާން ފަށާނެކަން އެ ކޯލީޝަން ހިންގުމާއި ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް (އަދުރޭ) ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް