މި ދައްކައިދެނީ ހިޔާލު ތަފާތުވިޔަސް އަހަރެމެން ބައިބައި ނުވާނެކަން: އަދުރޭ

ޕީޕީއެމް ޕީއެންސީން ދައްކައިދެމުން މިދަނީ ހިޔާލު ތަފާތުވިޔަސް ބައިބައިނުވާނެކަން ކަމުގައި އެ ކޯލީޝަން ހިންގުމާއި ހަވާލުވެ ހުންނެވި އަބްދުއްރަހީމް (އަދުރޭ) ވިދާޅުވެއްޖެއެވެ. އަދުރޭ މިހެން ވިދާޅުވީ އެ ކ...

08 Aug 2023 | 17:06

ޕީޕީއެމް ޕީއެންސީން ދައްކައިދެމުން މިދަނީ ހިޔާލު ތަފާތުވިޔަސް ބައިބައިނުވާނެކަން ކަމުގައި އެ ކޯލީޝަން ހިންގުމާއި ހަވާލުވެ ހުންނެވި އަބްދުއްރަހީމް (އަދުރޭ) ވިދާޅުވެއްޖެއެވެ.

އަދުރޭ މިހެން ވިދާޅުވީ އެ ކޯލީޝަންގެ ކެނޑިޑޭޓް ޑރ. މުއިއްޒާއެކު ކޯލީޝަން ލީޑަރުން މިރޭ ބާއްވަމުން އަންނަ ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

ބޮއިކޮޓް ކުރަން ރައީސް ޔާމީން އެންގެވުމުން ނެގި ވޯޓާއެކު ހިޔާލު ތަފާތުވެ ބައިބައިވެދާނެތޯ ނޫސްވެރިއަކު ސުވާލުކުރުމުން އަދުރޭ ވިދާޅުވީ ސެނެޓުގެ އެ ވޯޓުގައި ދެ ކޮޅުންވެސް ވޯޓު ދިނީ ރައީސް ޔާމީންގެ ހައްގުގައި ކަމަށެވެ.

އަދުރޭ ޔަގީންކޮށް އެރުވީ އެންމެންވެސް މަސައްކަތް ކުރަމުން އަންނަނީ ރައީސް ޔާމީންގެ ހައްގުގައި ކަމަށާއި އެކަން ބަދަލުނުވާނެކަމަށެވެ. އަދި މިރޭ ފެނިގެން ދަނީ އެ މަންޒަރު ކަމުގައިވެސް އަދުރޭ ވިދާޅުވިއެވެ.

މިރޭގެ މި ޕްރެސް ކޮންފަރެންސްގައި ސެނެޓުގައި ދެކޮޅަށް ވޯޓު ދެއްވި ދެކޮޅުގެ ލީޑަރުންވެސް މުއިއްޒަށް ތާއީދުކުރާކަން ހާމަކޮށް މުއިއްޒާއެކު ބައިވެރިވަމުންދެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް