ޅޮހި ބަނދަރު ތަރައްގީކުރުމުގެ މަސައްކަތް ފެށުމަށްޓަކައި ޕްރޮޖެކްޓް ސައިޓް މޮބިލައިޒްކޮށްފި

ނ. ޅޮހި ބަނދަރު ތަރައްގީކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި، އިއްޔެ ޕްރޮޖެކްޓް ސައިޓް މޮބިލައިޒް ކުރެވިފައި ކަމަށް މޯލްޑިވެސް ޓްރާންސްޕޯޓް އެންޑް ކޮންޓްރޭކޓިންގ ކަމްޕަނީ (އެމްޓީސީސީ) ...

08 Aug 2023 | 10:05

ނ. ޅޮހި ބަނދަރު ތަރައްގީކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި، އިއްޔެ ޕްރޮޖެކްޓް ސައިޓް މޮބިލައިޒް ކުރެވިފައި ކަމަށް މޯލްޑިވެސް ޓްރާންސްޕޯޓް އެންޑް ކޮންޓްރޭކޓިންގ ކަމްޕަނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

އެމްޓީސީސީ އިން ބުނާ ގޮތުގައި މި މަޝްރޫޢުގެ ދަށުން، 66,701 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގައި ކުރީގެ ހާބަރ ބޭސިން އަލުން ފުންކުރުމާއި، 2,205 މީޓަރުގެ ސަރަޙައްދެއްގައި ނެރު ފުންކުރުމާއި، 321 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމުގެ އިތުރަށް، 95 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ކުރިޔަށްދާނެއެވެ.

މީގެ އިތުރަށް، 366 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށި ލުމާއި، 50 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިން ޖެހުމާއި، 11 މީޓަރު ދިގު 11 މީޓަރު ފުޅާ ރޭމްޕެއް ހެދުމުގެ އިތުރަށް 1,720 އަކަ މީޓަރުގެ ސަރަޙައްދެއްގައި ހާބަރ ޕޭވްމަންޓް ހެދުމާއި، އަދި ނެރު ބައްތި އާއި ބަނދަރު ބައްތި ހަރުކުރުމާއި، މޫރިން ބޮއެ ހަރުކުރުމުގެ މަސައްކަތެ ހިމެނޭކަމަށްވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.

މި މަޝްރޫޢަކީ 64.8 މިލިއަން ރުފިޔާގެ އަގެއްގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންސްފްރާސްޓްރަކްޗާ އިން އެމްޓީސީސީ އާ 640 ދުވަހުގެ މުއްދަތެއްގެ ތެރޭގައި ނިންމުމަށް ހަވާލުކުރެވިފައިވާ މަޝްރޫޢުއެކެވެ.

މި މަސައްކަތް ހަވާލުކުރެވިފައިވަނީ މިދިޔަ އަހަރު ޑިސެމްބަރު 29 ވަނަ ދުވަހުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް