މި އަހަރުގެ ލިވިން އެކްސްޕޯގައި ބީއެމްއެލް އިސްލާމިކްއިން ލިބެން ހުރި ފައިނޭންސިންގ ފުރުސަތުތަކާއި ދެމުންދާ ހިދުމަތްތަކާ ބެހޭ މައުލޫމާތު ލިބިގެންދާނެ ކަމަށް ބޭންކް އޮފް މޯލްޑިވެސް (ބީއެމްއެލް) އިން ބުނެފިއެވެ.
ބީއެމްއެލް އިން ބުނި ގޮތުގައި މި އަހަރުގެ ލިވިން އެކްސްޕޯ ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ބުރާސްފަތި ދުވަހާއި ހުކުރު ދުވަހު، ކޮންމެ ދުވަހެއްގެ 3:00 އިން 6:00 އަށް އަދި ރޭގަނޑު 8:00 އިން 11:00 އަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ.
އެކްސްޕޯގައި ހުންނަ ބީއެމްއެލް އިސްލާމިކް ސްޓޯލުން ބޭންކުގެ މުވައްޒަފުންނާ ބައްދަލުކޮށް، ފައިނޭންސިން އާ ބެހޭ އެކި މައުލޫމާތު ހޯދުމުގެ ފުރުސަތު ކަސްޓަމަރުންނަށް ލިބިގެންދާނެ ކަމަށް ބީއެމްއެލް އިން ބުނެއެވެ.
އަދި ބީއެމްއެލް އިސްލާމިކް އިން އަންނަނީ ރާއްޖޭގައި ހޯމް ޕާޗޭސް ފައިނޭންސިންގ ދޫކުރާ އެންމެ ކުޑަ ރޭޓުގައި ފައިނޭންސްކޮށްދެމުން ކަމަށްވެސް ބުނެފައިވެއެވެ.
ބީއެމްއެލް އިސްލާމިކް ހައުސިން ފައިނޭންސިންގ ފަރުމާކޮށްފައިވަނީ ޝަރުއީ ހަމަތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށް އެ ބޭންކް އިން ވަނީ ހާމަކޮށްފައެވެ.
މީގެ އިތުރަށް، ދާދި ފަހުން ބީއެމްއެލް އިސްލާމިކް އިން ދޫކުރާ ހޯމް ޕަރޗޭސް ފައިނޭންސިންގ އަށް ފައިސާ އަނބުރާ ދެއްކުމުގެ މުއްދަތު ވަނީ 25 އަހަރަށް އިތުރުކޮށް، ގްރޭސް ޕީރިއަޑްވެސް 24 މަހާ ހަމަޔަށް އިތުރުކޮށްފައެވެ.
އަދި މި ބަދަލާއެކު ގެދޮރު ގަންނަ ފަރާތްތަކަށް މިވަނީ ފައިނޭންސިންގ އަށް ކޮލިފައިވުމުގެ ފުރުސަތު ފަހިވެފައި ކަމަށް ބީއެމްއެލް އިން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް