މޯލްޑިވްސް ޕޯރޓްސް ލިމިޓަޑް (އެމްޕީއެލް) އިން އިންތިޒާމްކޮށްގެން ބާއްވާ އެންޓަޕްރައިސް ރިސްކް މެނޭޖްމަންޓް ފޯރަމް 2023 ގެ ޕްރިމިއަމް ސްޕޮންސަރަކަށް ދިރާގު ހަމަޖައްސައިފިއެެވެ.
މި ފޯރަމް ބޭއްވުމަށް ހަމަޖެހިފައިވަނީ މި ހަފްތާގެ ބުދަ އަދި ބުރާސްފަތި ދުވަހު ވިލާ ނޯޓިކާ ޕެރަޑައިސް މޯލްޑިވްސް ރިސޯޓްގައެވެ.
މި އަހަރުގެ ފޯރަމްގެ ޝިޢާރަކީ 'ގްލޯބަލް ރިސްކްސް، ލޯކަލް އިމްޕްލިކޭޝަންސް: ނެވިގޭޓިންގ ތުރޫ ދިސް ކޭއޮސް' އެވެ. އެގޮތުން މި ޝިޢާރުގެ ދަށުން ވަޒީފާ އަދި ވިޔަފާރި މާހައުލުގައި ކުރިމަތިވާ ތަފާތު ރިސްކްތަކާއި ރިސްކް މެނޭޖްމެންޓްގައި ބޭނުންކުރާ އެންމެ ފަހުގެ އުކުޅުތަކާއި ގޮތްތައް އަދި އެންމެ ޒަމާނީ ޓްރެންޑްތަކަށް އަލިއަޅުވާލާނެއެވެ.
ދެ ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ކޮންފަރެންސްގައި ކީނޯޓް ސްޕީކާރ ސެޝަންތަކާއި އިންޓަރެކްޓިވް ވޯކްޝޮޕްތަކާއި ޕެނަލް ޑިސްކަޝަންތަކާއި ނެޓްވޯކިން ސެޝަންތައް މެދުވެރިކޮށް އިންޑަސްޓްރީގެ އިސްވެރިންނާއި ރިސްކް މެނޭޖްމަންޓް ސްޕެޝަލިސްޓުންނާއެކު ވާހަކަދައްކާ މަޝްވަރާކުރުމުގެ ފުރުސަތު ބައިވެރިންނަށް ލިބިގެންދާނެ ކަމަށް ބުނެފައިވެއެވެ.
ދިވެހި ރާއްޖޭގެ އަސާސީ ޚިދުމަތްދޭ ދާއިރާތައް ކުރިއެރުވުމަށް ޖަމުޢިއްޔާ ޖަމާޢަތްތަކާއި އަމިއްލަ ފަރުދުން ގުޅިގެން ކުރާ މަސައްކަތްތަކަށް ދިރާގުން އަބަދުވެސް ދަނީ ޚާއްސަ އަހައްމިއްޔަތުކަމަކާއި އެއްބާރުލުންދެމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް