ރައީސް ކުޑަހުވަދޫ ފެނަކަ އޮފީހުގެ އާ ޢިމާރާތާއި، މާއެނބޫދޫ ފުޓްސަލް ދަނޑު ހުޅުއްވައިދެއްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހު، ދ. ކުޑަހުވަދޫ ފެނަކަ އޮފީހުގެ އާ ޢިމާރާތް ހުޅުއްވައި ދެއްވައި، ދ. މާއެނބޫދޫއަށް ވަޑައިގެން އެ ރަށު ފުޓްސަލް ދަނޑު ހުޅުއްވައިދެއްވާފައެވެ. ރައީސް މި މ...

08 Aug 2023 | 09:24

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހު، ދ. ކުޑަހުވަދޫ ފެނަކަ އޮފީހުގެ އާ ޢިމާރާތް ހުޅުއްވައި ދެއްވައި، ދ. މާއެނބޫދޫއަށް ވަޑައިގެން އެ ރަށު ފުޓްސަލް ދަނޑު ހުޅުއްވައިދެއްވާފައެވެ.

ރައީސް މި މަޝްރޫޢުތައް އިފްތިތާޙް ކޮށްދެއްވީ، އެމަނިކުފާނު މިހާރު ނިލަންދެއަތޮޅު ދެކުނުބުރިއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

ކުޑަހުވަދޫގައި ރައީސް މިއަދު ހުޅުއްވައިދެއްވި ފެނަކަ އައު އޮފީސް ޢިމާރާތަކީ އެތަނުގައި ހުރި 20 އަހަރު ކުރީގެ އޮފީސް ޢިމާރާތެއް ތަޅާލުމަށްފަހު، 40 މުވައްޒަފުންނަށް ދަތިނުވެ މަސައްކަތް ކުރެވޭނެހެން ޒަމާނީ ފެންވަރަށް ތަރައްޤީކޮށްފައިވާ ޖާގަ ތަނަވަސް އޮފީސް ޢިމާރާތެއް ކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ.

އިއްޔެ ހުޅުއްވައިދެއްވި، މާއެނބޫދޫ ފުޓްސަލް ދަނޑަކީ އެރަށު ޒުވާނުން ބޭނުންވާގޮތަށް ޒަމާނީ ފެންވަރަށް ތަރައްޤީކޮށްފައިވާ ފެންވަރު ރަނގަޅު ފުޓްސަލް ދަނޑެއް ކަމަށް ރައީސް އޮފީހުން ފާހަގަކުރައެވެ.

މި ދަނޑު ތަރައްޤީކުރުމުގެ މަސައްކަތް ސަރުކާރުން ކުރިޔަށްގެންދަވާފައި ވަނީ އާރް. ޖޭ. އިންޓަރނޭޝަނަލް ލިމިޓެޑާ ޙަވާލު ކޮށްގެންނެވެ.

މީގެ އިތުރަށް، ރައީސް އޮފީހުން ބުނީ ޒުވާނުންނަށް ކުޅިވަރު ކުޅެވޭނެ މަގުތައް ފަހިކޮށްދިނުމުގެ ގޮތުން ޒަމާނީ ފެންވަރުގެ ފުޓުބޯޅަ ދަނޑުތަކާއި، ފުޓްސަލް ދަނޑުތައް، އަދި ކުޅިވަރު ކޯޓުތައް އަޅައި، ކުޅިވަރުގެ ތެރެއިން ރައްޔިތުންނަށް ދުޅަހެޔޮ އުފާވެރި ދިރިއުޅުމަކަށް މަގުފަހިކޮށްދިނުމަށް ސަރުކާރުން ވަނީ ގިނަ މަޝްރޫޢުތަކެއް އަތޮޅުތަކުގައި ހިންގާފައި ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް